މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ ޢަބްދުﷲ ޝާހިދުގެ ތަރުޖަމާނަކަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.
އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވަނީ ޔޫ.އެން ނިއުސްގެ ޕޯޗުގީޒް އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ މޮނިކާ ގްރޭލީއެވެ. މޮނިކާ ވަނީ އާއްމު މަޖިލީހުގެ 73 ވަނަ ސެޝަންގެ ރައީސާ މަރިއާ ފެރްނާންދާ އެސްޕިނޯސާގެ ތަރުޖަމާނެއްގެ ގޮތުގައި 2018/2019 ގައި މަސައްކަތް ކުރައްވާފައެވެ.
ޕޮލިޓިކަލް ސައިންސްއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ މޮނިޔާ ވަނީ ޔޫއެންގެ މީޑިއާއާ ގުޅޭ އިސް މަޤާމްތަކެއްވެސް ފުރުއްވާފައެވެ. އަދި 2009 ވަނަ އަހަރު ޔޫ.އެންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ތަޢާރަފްކުރުމުގައި އެކަމަނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ ޢަބްދުﷲ ޝާހިދުގެ ތަރުޖަމާނަކަށް ބޭފުޅަކު ހަމަޖައްސަވާފައި މިވަނީ އައި.ޕީ.ޔޫ އިން އިންތިޒާމުކޮށްގެން ބޭއްވި ސްޕީކަރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޝާހިދު އޮސްޓްރިއާގެ ވެރިރަށް ވިއެނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ނިއުޔޯކަށް ވަޑައިގެންނެވުމަށްފަހުއެވެ.
ނިއުޔޯކަށް ވަޑައިގަތުމަށްފަހު، މިވަގުތު ނިއުޔޯކްގައި ހުންނެވި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މިނާކްޝީ ލޭކީއާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.
މިނިސްޓަރ ޝާހިދު ރަސްމީކޮށް އދގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު