ހިޔާ ފްލެޓް ލިބުނު މީހުންގެ 85 މީހުން އެގްރިމަންޓުގައި ސޮއިކޮށްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 88 އިންސައްތަ އެގްރިމަންޓް ތައްޔާރުކޮށް ނިމިފައިވާއިރު، ފްލެޓް ލިބުނު މީހުންގެ ތެރެއިން 85 އިންސައްތަ މީހުންނާއެކު އެގްރިމަންޓުގައި ސޮއިކޮށްފައިވާކަމަށެވެ.

އެޗްޑީސީން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ހިޔާ ފްލެޓްތައް 6455 ފަރާތަކަށް ލިބިފައިވާއިރު، އޭގެ ތެރެއިން 5519 މީހުން ވަނީ އެގްރިމަންޓުގައި ސޮއިކޮށްފައެވެ.



ހިޔާ ފްލެޓްތަކަށް ކަރަންޓު ގުޅާ ނިންމާފައިވާއިރު މިވަގުތު ފްލެޓްތަކުގެ ވެރިފަރާތްތަކުން އަންނަނީ ފިނިޝިންގެ މަސައްކަތްތައް ކުރަމުންނެވެ. އަދި މީގެ ތެރެއިން މީހުން މިހާރު ވަނީ އެތަނަށް ދިރިއުޅުންވެސް ބަދަލުކޮށްފައެވެ.

ސަރުކާރުން ނިންމާފައިވަނީ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ކުރުމަށް 4 މަހުގެ މުއްދަތެއް ދިނުމަށްފަހު ކުލި ނެގުމަށެވެ. ހިޔާ ފްލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެގޮތުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ މަހު ކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު