ޗެނަލް 13 އިން ގެނެސްދޭ "ހަޖަމް" ޕްރޮގުރާމްގައި ރައީސް އަބުދު ﷲ ޔާމިން ބައިވެރިވެވަޑައިގަތުމަށް ނިއްމަވައިފިއެެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދު ﷲ ޔާމިން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. ރައީސް ޔާމިންގެ މައްޗަށް އެމައްސަލައިގައި އިތުރު ދައުވާ ތަކެެއް އުފުލައި އެމައްސަލަތައް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ.
ކުރިން ހަޖަމު ޕްރޮގުރާމް ހުށައަޅުއްވައި ދެއްވި ކުރީގެ އަދި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މިރޭ އޮންނަ ހަޖަމު ޕްރޮގުރާމްގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޔާމިން ހަޖަމު ޕްރޮގުރާމްގައި ބައިވެރިވެވަޑައިގަންނަވަން ނިއްމަވާފައިވާއިރު އެކަމަކީ ކަރެކްޝަންގެ ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފު ކަމެކެެވެ. މިކަމާ ގުޅިގެން ކަރެކްޝަންގެ ބަހެއް ލިބޭގޮތެއް އަދި ނުވެއެވެ.
ރައީސް ޔާމިންގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގެ އަޑުއެހުންތައް ފަށަން މިހާރު ވަނީ ތައްޔާރުވެފައެެވެ.
ރައީސް ޔާމިންގެ މައްޗަށް އިއްވި ހުކުމަށް ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒު ފޯރުވާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެެވެ. ކުރީގެ ބައެއް ފަނޑިޔާރުން ވެސް ވަނީ އެކަން އެގޮތަށް ހިނގާފައިވާކަން ކަށަވަރު ކޮށްދެއްވާފައެެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު