ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ހިސާބުން އެމްއެމްޕީއާރުސީގެ މައްސަލަ ނުނިމޭނެކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގެ މެމްބަރު ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މެމްބަރު ނިހާދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ގިނަ މައްސަލަތައް ބަލަމުންދާކަމީ ވެވުނު ވައުދު ފުއްދަން މަސައްކަތްކުރެވޭކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ.
ނިހާދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ހިސާބުން އެމްއެމްޕީއާރުސީގެ މައްސަލަ ނުނިމޭނެކަމީ ޔަޤީންކަމެއްކަމަށެވެ. އެހެންކަމުން އަވަހަށް މައްސަލަތައް ބަލައި، އިންސާފު ލިބުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަމަށް ނިހާދު ވިދާޅުވިއެވެ.
"އެމްއެމްޕީއާރުސީގެ ގިނަ މައްސަަލަތައް ބެލެމުންދާކަމީ ވެވުނު ވައުދު ފުއްދަން މަސައްކަތްކުރެވޭ ކަމުގެ އަލިގަދަ ހެއްކެއް. އެނގި ޔަގީންވާކަމަކީ ރައީސް ޔާމީނާއި އަދީބާ ހިސާބުން އަދި މިކަން ނުނިމޭކަން. އަވަހަށް މައްސަލަތައް ބެލި އިންސާފު ލިބުމަކީ ވަރަށް އެދޭ ކަމެއް. ބޭނުމީ އިންސާފު." ނިހާދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އޭނާއަށް ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ރޮލެކްސް ގަޑި ދަޢުލަތަށް ނަގައިދިނުމަށް ދަޢުލަތުން ވަނީ ކޯޓުގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު