ހުޅުމާލޭގައި ސްޓެލްކޯއިން ކުރިއަށް ގެންދާ މަޝްރޫއުތައް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ބައްލަވާލައްވައިފިއެވެ.

ސްޓެލްކޯ އިން ބުނީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ހުޅުމާލެއަށް ޒިޔާރަތް ކުރެއްވީ ހުޅުމާލޭގައި އެ ކުންފުނިން ހިންގާ އެކި މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކަމަށެވެ. އިއްޔެ ކުރެއްވި މި ޒިޔާރަތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީގެ އިތުރުން އެކުންފުނީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.





ސްޓެލްކޯ އިން ބުނީ އެމްޑީ މުޣުނީ ހުޅުމާލެއަށް ކުރެއްވި މިޒިޔާރަތުގައި ހުޅުމާލޭގައި މަސައްކަތްކުރާ އެކުންފުނީގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމަށެވެ. ސްޓެލްކޯއިން އަންނަނީ ހުޅުމާލޭގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން މާލެ ސަރަހައްދު އެއް ކަރަންޓު ވިއުގައަކުން ގުޅާލުމަށް ހިންގާ ބިޔަ މަޝްރޫޢާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފަލެޓްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު