އަހުމަދު މަސްނޫމް   9 ސެޕްޓެމްބަރު 2021 - 16:24
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ކައިވެނި ރުޖޫއަ ކުރައްވައިފިއެވެ.

ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވީ، ދިޔާނާއާއި އޭނާގެ ކައިވެނި މިހާރު ރުޖޫއަ ކުރައްވާފައިވާ ކަމަށެވެ. އަދި އެއީ އެ ދެބޭފުޅުންވެސް ބޭނުންވާ ގޮތް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަނބިމީހާ (ދިޔާނާ) ބޭނުންވީމަ އެކަން އެކުރީ. ދެ މީހުންވެސް ބޭނުންވަނީ އެކުގައި އުޅެން." މީޑިޔާ އަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވެފައިވެއެވެ.

ޖާބިރާއި ދިޔާނާގެ ކައިވެނި ރޫޅުނުތާ މާގިނަ ދުވަހެއް އަދި ނުވެއެވެ. ޖާބިރު މީގެ ކުރިން ވިދާޅުވީ ދެބޭފުޅުންގެ ކައިވެނި ރޫޅުނީ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެ ދެ ބޭފުޅުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެެވެ. އަދި ދުވަސް ކޮޅަކަށް "ސެޕަރޭޓް" ވެލީ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެެވެ.

މީގެ ކުރިން ޖާބިރު ވިދާޅުވެފައި ވަނީ ކައިވެނި އޭރު ރޫޅާލި ނަމަވެސް ދިޔާނާއާއި އަލުން ގުޅެން ބޭނުންވާ ކަމަށެެވެ. ޖާބިރާއި ދިޔާނާގެ ކައިވެނި ރޫޅުނީ އެކައިވެންޏަށް 15 އަހަރު ފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު