ރ. އަލިފުށީގައި އަޅަން އިއުލާންކުރި އެއަރޕޯޓަކީ ބަޖެޓްގައި ނެތް އެއަރޕޯޓެއްކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކަތަކަށް އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ރައްދު ދެއްވައިފިއެވެ.
މަޖިލީހުގައި އިއްޔެ ވާހަކަދައްކަވަމުން މީކާއިލް ވަނީ އަލިފުށީގައި އެއަރޕޯޓް އަޅަން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެއާޕޯޓު އަޅަން ނިންމާފައި ވަނީ ވަކި މީހަކު ރުއްސަން ކަމަށާއި އެކަމަށް ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކޮށްގެން ނުވާނެކަމަށް މީކާއިލް ވިދާޅުވިއެވެ.
މީކާއިލްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރ. އަލިފުށީގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ އަލިފުށީގައި ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ އެއާޕޯޓަކީ މާކުރިން ބަޖެޓް ކުރެވިގެން ކުރިޔަށްގެންދަން ނިންމާފައިވާ މަޝްރޫޢެއްކަމަށެވެ. އަދި ބަޖެޓް ނުކޮށް ހިންގާ ޕްރޮޖެކްޓެއް ސަރުކާރުން ކުރިޔަށް ނުގެންދާނެ ކަމަށާއި އަދި އަލިފުށީ އެއާޕޯޓަކީ މާ ކުރިން ވެސް ބަޖެޓުކުރެވިފައިވާ މުހިންމު ޕްރޮޖެކްޓެއް ކަމަށް ބިގޭ ވިދާޅުވިއެވެ.
ބިގޭ ވިދާޅުވީ އަލިފުށީ އެއާޕޯޓުގެ މަސައްކަތް 2023 ގެ ނިޔަލަށް ނިންމާލައި 2023 ގައި އެ އެއާޕޯޓަށް ދަތުރު ކުރެވޭވަރު ވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ރ. އަތޮޅު އަލިފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާރު އެ އަތޮޅު އިފުރުގައި އެއަރޕޯޓެއް ދަނީ ހިންގަމުންނެވެ.
މިފަހަކަށް އައިސް މަޖިލީހުގެ ތަޅުމުގައާއި މީސްމީޑިއާގައި ވެސް އެމްޑީޕީގެ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވެ ސަރުކާރުން ކުރާ ކަންކަމާމެދުވެސް ބަހުސް ހުނގަމުން އަންނަކަން ފާހަގަ ކުރެވެއެވެ. މި ޚިޔާލުތަފާތުވުންތައް އެހާ ބޮޑުވެގެން ދިޔައީ އެމްޑީޕީގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާއާއި ދެމެދު ހިނގަމުންދާ ދެބަސްވުމުގެ ސަބަބުން ޕާޓީގެ މެންބަރުން ދެފެކްޝަނަށް ބެހިފައިވާތީ ކަމަށް ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު