ހިތްވަރެއް ހުރިނަމަ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކާއި ރަނިންމޭޓެއް ނެރުމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ގޮވާލައްވައިފިއެެވެ.

އިދިކޮޅު ޕީޕިއެމްގެ މެމްބަރު މުހަންމަދު މަލީހު ވިދާޅުވީ ހިތްވަރެއް ހުރި ނަމަ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކާއި ރަނިންމޭޓެއް ނެރެ ދައްކަންޖެހޭ ކަމަށެވެ. އަދި 2023 ވަނަ އަހަރު ރައީސް މުހަންމަދު ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް އަދި ރައީސް ސާލިޙު ރަނިންމޭޓަކަށް ނެރުނު ނަމަވެސް ޕީޕީއެމުން ޖެހިލުމެއް ނުވާނެ ކަމަށް މަލީހު ވިދާޅުވިއެެވެ.



ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ރައީސް އަބުދު ﷲ ޔާމިން ކަމަށް އެޕާޓީން ވަނީ ނިއްމާފައެވެ. އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއި ގުޅޭގޮތުން ރައީސް ސާލިޙު ވަކިއެއްޗެއް ވިދާޅެެއް ނުވެއެވެ. އެހެން ނަމަވެސް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ބަންދު ނުވާ ކަމަށާއި، އެ ފުރުސަތު އެމަނިކުފާނަށް އެބައޮތް ކަަމަށް ވިދާޅުވެ ރައީސް ސާލިޙު ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެެއް ކުރައްވާފައެވެެ.



ކިޔުންތެރިންގެ ހިޔާލު