ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ އަށް ގިނަ އަދަދެއްގެ ތެޔޮ ލީކުވެއްޖެއެެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ރަންވޭއަށް ގިނަ އަދަދެއްގެ ތެޔޮ ލީކުވެފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އެއާޕޯޓަށް ތެޔޮ ލީކުވުމުގެ ސަބަބުން މުޅި އެއާޕޯޓާއި ރަންވޭގައި ހުރީ ވަރަށް ގަދައަށް ތެޔޮވަސް ހިފާފައެވެ. "ރަސް އޮންލައިން" އަށް މައުލޫމާތު ދެމުން އެއާޕޯޓް ޑިއުޓީފްރީ ޝޮަޕަކުން ވާހަކަ ދެއްކި މީހަކު ބުނީ އެއާޕޯޓަށް މިރޭ ތެޔޮ ލީކުވެފައިވާ ކަމަށާއި، ތެޔޮ ވަސް ދުވަނީ އެހެންވެގެން ކަމަށެވެ.

ރަސްއޮންލައިންގެ ނޫސްވެރިއަކު އެއާޕޯޓަށް މިރޭ 22:00 ގައި ދިޔައިރުވެސް ވަރަށް ބޮޑަށް ތެޔޮ ވަސް ދުވާކަން ފާހަގަކުރެވުނެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލްގެ ބަހެއް އަދި ނުލިބެއެވެ. އެއާޕޯޓަށް ގިނަ އަދަދެއްގެ ތެޔޮ ލީކުވެފައިވަނީ އެއަރޕޯޓްގެ ތެޔޮ ރައްކާކުރާ ޓޭންކެއްކަމަށް ބެލެވޭ ޓޭންކަކުން ތެޔޮ ލީކުވާ މަންޒަރު ފެންނަ، ވިޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގައެެވެ.



ފިއުލް ޓޭންކް އޯވަރ ފޮލޯވާން ދޫކޮށްލުމަކީ ވަރަށް ބޮޑު ނުރައްކަލެއްކަމަށް ކުރީގެ އިކޮންމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު