ރައީސް ސާލިހާއި ރައީސް ނަޝީދުގެ ސިޔާސީ ހިޔާލު ތަފާތުވުންތަކުގައި ގައުމު ގުރުބާން ނުކުރެއްވުމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައިސް މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.
ރައީސް ޔާމިން ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވާ ސައީދު މިހެން ވިދާޅުވީ، ދިވެހިންނަށް ވަޒީފާ ހޯދައިދިނުމާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްކެވި ވާހަކަފުޅުތަކަކަށް އިޝާރާތްކުރައްވައެވެ.
އަލިފުށީގައި ޖޮބް ސެންޓަރެއް ހުޅުވުމަށް ބުދަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ދިވެހިންނަށް ވަޒީފާ ދިނުމަށްފަހު ނޫނީ ބޭރު މީހުން ވަޒީފާތަކަށް ނުނަންގަވާނެކަމަށެވެ.
ރައީސް ސާލިހުގެ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ސައީދު ވިދާޅުވީ، ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އެގޮތުން ދިވެހިންނަށް ވަޒީފާ ދޭން އިސްކަން ދެއްވާނެކަމަށް ރައީސް ވިދާޅުވިއިރު، އެމްއޭސީއެލް ހިންގަނީ 5 ގުނަ ބޮޑު މުސާރައިގައި ޑިވިޝަން ހެޑުންގެ ނަމުގައި ބިދޭސީން ލައިގެންކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ދިވެހިންނަށް ވަޒީފާ ދިނުމާއި ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅުތަކަކީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބާއި ދިމާކޮށް ހައްދަވާ އިތުރުފުޅެއް ކަމަށެވެ. އަދި ދެ ރައީސުންގެ އޮޅުލުމުގައި ގައުމު ގުރުބާން ނުކުރެއްވުމަށް ސައީދު ގޮވާލެއްވިއެވެ.
ރައީސް ސާލިހާއި ރައީސް ނަޝީދުގެ ސިޔާސީ ހިޔާލު ތަފާތުވުންތަކުގައި ގައުމު ގުރުބާން ނުކުރެއްވުމަށް ސައީދު ގޮވާލެއްވިއިރު، ސިޔާސީ ގިނަ ބަޔަކު ދަނީ މިކަމަށް ގޮވާލަމުންނެވެ. އަދި ރައީސް ނަޝީދާއި ރައީސް ސާލިހާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ގައުމަށް ލިބޭނެ ގެއްލުން ބޮޑުވާނެކަމަށް ސިޔާސި ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. މިކަމާއި ގުޅިގެން އެ ދެ ބޭފުޅުން ސުލްހަ ކުރުމުގެ މަސައްކަތްވެސް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. ނަމަވެސް އެކަމުގައި މާބޮޑު ކުރިއެރުންތަކެއް ލިބުނު މަންޒަރެއް ނުފެނެއެވެ.
ޕާޓީގެ އިސް ބޭފުޅުން އެމަސައްކަތް ފަށްޓަވާފައިވާ ކަމަށް ރައީސް ނަޝީދުވެދް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

Miee v bodu ithurufulheh.MACL hinganee 5 guna bodu musaaraagai division heads ge namugai bidheyseen genesgen!Miee MDP ethereyge inthihaabah raees kamuga hunnavaigen hadhdhavaa ithurufulheh. 2 raees ge olhulumugai gaumu qurubaan nukuravvaa!https://t.co/uzQB5w2XPu
— Mohamed Saeed (@em_saeed) September 9, 2021
ރައީސް ސާލިހާއި ރައީސް ނަޝީދުގެ ސިޔާސީ ހިޔާލު ތަފާތުވުންތަކުގައި ގައުމު ގުރުބާން ނުކުރެއްވުމަށް ސައީދު ގޮވާލެއްވިއިރު، ސިޔާސީ ގިނަ ބަޔަކު ދަނީ މިކަމަށް ގޮވާލަމުންނެވެ. އަދި ރައީސް ނަޝީދާއި ރައީސް ސާލިހާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ގައުމަށް ލިބޭނެ ގެއްލުން ބޮޑުވާނެކަމަށް ސިޔާސި ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. މިކަމާއި ގުޅިގެން އެ ދެ ބޭފުޅުން ސުލްހަ ކުރުމުގެ މަސައްކަތްވެސް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. ނަމަވެސް އެކަމުގައި މާބޮޑު ކުރިއެރުންތަކެއް ލިބުނު މަންޒަރެއް ނުފެނެއެވެ.
ޕާޓީގެ އިސް ބޭފުޅުން އެމަސައްކަތް ފަށްޓަވާފައިވާ ކަމަށް ރައީސް ނަޝީދުވެދް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު