ހިޔާ ފްލެޓްތަކަކީ ރާއްޖޭގައި ހިންގި އެންމެ ބޭކާރު މަޝްރޫއުކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީއަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބޯހިޔާވަހިކަމާއި ގުޅޭ ބިލެއްގެ ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ޔޫނުސް ވިދާޅުވީ ހިޔާ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ހިންގި އެންމެ ބޭކާރު އެންމެ ހަރަދު ބޮޑު މަޝްރޫއުކަމަށެވެ.
ޔޫނުސް ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާއިރު، ހިޔާ ފްލެޓްތައް ލިބިފައިވާ މީހުންގެ ހައްގުގައި މަސައްކަތްކުރާ އާއްމުންގެ ޖަމުއިއްޔާއިން ވަނީ ޔޫނުސަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައެވެ.
އެޖަމިއްޔާއިން ބުނީ 15،000 އާއިލާ ބޭނުން ވެގެން ތިބި ހިޔާ ފްލެޓަކީ ބޭކާރު ތަނެކޭ ވިދާޅުވަނީ މަޖިލީސް ތަޅުމުގައި ދުވަހަކުވެސް ވާހަކަ ދެއްކެވިކަން އެނގިފައިނުވާ އިއްޒަތްތެރި "ބޮޓު" ފުޅެއްކަމަށެވެ. އަދި އިއްޒަތްތެރި ކަމަށް ގަވައިދުގައި ބުނާ ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް 30،000 އާންމުންގެ ދިރިއުޅުމުގެ ހާލަތަށް ހަޖޫ ޖެއްސެވީ އާންމު މީހުންގެ ހާލަތު އެނގިވަޑައި ނުގަންނަވާތީ ކަމެއް ނުވަތަ "ހަޔާތްފުޅު ކުޑަކަމުން" ކަމެއް ސާފެއް ނޫންކަމަށްވެސް އެޖަމިއްޔާއިން ބުންޏެވެ.
އަދި މަޝްރޫއެއްގެ "ކޮންސްޓްރަކްޝަން ކޮސްޓާއި" "ފައިނޭންޝިއަލް ކޮސްޓުގެ" ތަފާތަކީ ކޮބައިކަން މެންބަރަށް އެނގިވަޑައި ނުގަންނަވާނަމަ މަޝްރޫއުތަކުގެ އަގުގެ ވާހަަކަ ދައްކަވަން ނޫޅުއްވާ، ރަށު ތެރެއިން އެހެން ކަމަކާއި އުޅުއްވުމަށްވެސް އެ ޖަމުއިއްޔާއިން މެމްބަރު ޔޫނުސަށް ވަނީ ގޮވާލާފަ އެވެ.
އާއްމުންގެ ޖަމުއިއްޔާއިން ބުނީ ރައްޔިތުން މިހާރު އުޅޭ ހާލަތާއި، ކުއްޔަށް ހޭދަ ކުރާވަރު އެނގިވަޑައި ނުގަންނަވާނަމަ، ބޯހިޔާވަހިކަމުގެ ވާހަކަ ދައްކަވަން ހައްދަވައިގެން ވެއްޓޭނީ މެމްބަރު ޔޫނުސާއި ހޮޅުދޫ ދާއިރާ މީހުންގެ އަގުކަމަށެވެ. އަދި ސަރުކާރު ހިންގާ މައި ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ޔޫނުސް މަސައްކަތްކުރައްވަންވީ ބަސްމަދުކޮށް، އަމަލު ގިނަކޮށް، ހިޔާ ފްލެޓުތަަކަށް ވުރެ ބޮޑު ފްލެޓުތައް، އެއަށްވުރެ ކުޑަ އަގުގައި އަޅުވަން ބާރު އަޅަންކަމަށްވެސް އެޖަމުއިއްޔާއިން ބުންޏެވެ.
އެ ޖަމުއިއްޔާއިން ބުނީ އާންމުން ހިޔާ ފްލެޓް ބޭނުން ވެގެން އުޅެނީ ކުރީގެ ރައީސް ޔާމީން އެޅި ތަނަކަށް ވީމަ ނޫންކަމަށާއި މިވަގުތައް އެއަށްވުރެ ރަނގަޅު އޮޕްޝަނެއް ނެތީމާކަމަށެވެ. އެހެންކަމުން އާންމުންގެ ހާލާމެދު ވިދާޅުވާނެ ރަނގަޅުއެއްޗެއް، ދެވޭނެ ބިނާކުރުވަނިވި އެހީއެއް ނެތިއްޔާ، އާންމުންގެ ހާލަތަށް ހަޖޫ ނުޖައްސަވައި، ކުރިންވެސް މަޖީލީސް ތަޅުމުގައި ބަހެއް ވިދާޅުނުވެ ހުންނެވިހެން ހަނު ހުންނެވުމަށް އާއްމުންގެ ޖަމުއިއްޔާއިން މެމްބަރު ޔޫނުސަށް ވަނީ ގޮވާލާފައެވެ.

ވާހަކަ ދެއްކެވީތީ ދަންނަވާލަމެެވެ. މަޝްރޫއެއްގެ "ކޮންސްޓްރަކްޝަން ކޮސްޓާއި" "ފައިނޭންޝިއަލް ކޮސްޓުގެ" ތަފާތަކީ ކޮބައިކަން އިއްޒަތްތެރި މެންބަރަށް އެނގިވަޑައި ނުގަންނަވާނަމަ މަޝްރޫއުތަކުގެ އަގުގެ ވާހަަކަ ދައްކަވަން ނޫޅުއްވާ ރަށު ތެރެއިން އެހެން ކަމަކާ
— Commoners Friendship Association 🇲🇻 (@AEG_Mv) September 9, 2021
އަދި މަޝްރޫއެއްގެ "ކޮންސްޓްރަކްޝަން ކޮސްޓާއި" "ފައިނޭންޝިއަލް ކޮސްޓުގެ" ތަފާތަކީ ކޮބައިކަން މެންބަރަށް އެނގިވަޑައި ނުގަންނަވާނަމަ މަޝްރޫއުތަކުގެ އަގުގެ ވާހަަކަ ދައްކަވަން ނޫޅުއްވާ، ރަށު ތެރެއިން އެހެން ކަމަކާއި އުޅުއްވުމަށްވެސް އެ ޖަމުއިއްޔާއިން މެމްބަރު ޔޫނުސަށް ވަނީ ގޮވާލާފަ އެވެ.
އާއްމުންގެ ޖަމުއިއްޔާއިން ބުނީ ރައްޔިތުން މިހާރު އުޅޭ ހާލަތާއި، ކުއްޔަށް ހޭދަ ކުރާވަރު އެނގިވަޑައި ނުގަންނަވާނަމަ، ބޯހިޔާވަހިކަމުގެ ވާހަކަ ދައްކަވަން ހައްދަވައިގެން ވެއްޓޭނީ މެމްބަރު ޔޫނުސާއި ހޮޅުދޫ ދާއިރާ މީހުންގެ އަގުކަމަށެވެ. އަދި ސަރުކާރު ހިންގާ މައި ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ޔޫނުސް މަސައްކަތްކުރައްވަންވީ ބަސްމަދުކޮށް، އަމަލު ގިނަކޮށް، ހިޔާ ފްލެޓުތަަކަށް ވުރެ ބޮޑު ފްލެޓުތައް، އެއަށްވުރެ ކުޑަ އަގުގައި އަޅުވަން ބާރު އަޅަންކަމަށްވެސް އެޖަމުއިއްޔާއިން ބުންޏެވެ.
ނޫނެވެ. މަނިކުފާނު ކުރައްވަވަން ވީ ކަމަކީ އާންމުންނަށް ފްލެޓުގެ ތޮށި ގަނޑު ދީފައި، ފިނިޝިން ނިންމުން އާންމުން ބޮލަށް ޖަހައި، ތަނުގެ ކުލުި 5،600 އިން 7،500 ބޮޑު ކުރިކުުރުން ކުށްވެރިކޮށް، އާންމުންގެ ހައްގުގައި ވަކާލުތުކޮށް، ވެވެން އޮތް އެހީއެއް ވުމެވެ.
— Commoners Friendship Association 🇲🇻 (@AEG_Mv) September 9, 2021
އެ ޖަމުއިއްޔާއިން ބުނީ އާންމުން ހިޔާ ފްލެޓް ބޭނުން ވެގެން އުޅެނީ ކުރީގެ ރައީސް ޔާމީން އެޅި ތަނަކަށް ވީމަ ނޫންކަމަށާއި މިވަގުތައް އެއަށްވުރެ ރަނގަޅު އޮޕްޝަނެއް ނެތީމާކަމަށެވެ. އެހެންކަމުން އާންމުންގެ ހާލާމެދު ވިދާޅުވާނެ ރަނގަޅުއެއްޗެއް، ދެވޭނެ ބިނާކުރުވަނިވި އެހީއެއް ނެތިއްޔާ، އާންމުންގެ ހާލަތަށް ހަޖޫ ނުޖައްސަވައި، ކުރިންވެސް މަޖީލީސް ތަޅުމުގައި ބަހެއް ވިދާޅުނުވެ ހުންނެވިހެން ހަނު ހުންނެވުމަށް އާއްމުންގެ ޖަމުއިއްޔާއިން މެމްބަރު ޔޫނުސަށް ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު