އިލްޙާދީ ފިކުރު ފެތުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ދެވިގެން ނުވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ދަރިވަރުންނަށް ދީނާއި ދުރު، އިސްލާމްދީނާއި ހިލާފު ކަންކަން ހިމެނޭ ފިލާވަޅުތައް ނަގައިދޭން ބަޔަކު މަސައްކަތް ކުރާކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
ޑރ. ޝަހީމް ވިދާޅުވީ މާތް ﷲ ވޮޑިގެންވާކަމާއި މެދުގައްޔާއި ކީރިތި ރަސޫލާގެ ނުބުއްވަތާމެދު ޝައްކު އުފައްދައި ރާއްޖޭގައި ދަރިވަރުންގެ ވިސްނުމާއި ފިކުރު އިސްލާމީ ޢަޤީދާއާ ދުރުކޮށް، އިލްޙާދީ ފިކުރު ފެތުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ދެވިގެން ނުވާނެކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކުން އެފަދަ ކަންކަން ހުއްޓުވަންޖެހޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ކަލަކު ވޮޑިގެންވާކަމާއިމެދު ޝައްކު އުފައްދާ ޒާތުގެ ލިޔުންތަކެއް ހިމެނޭ ފިލާވަޅުތަކެއް ބޭރުގެ ޖަމުއިއްޔާއަކުން ރާއްޖޭގެ ދަރިވަރުންނަށް ނަގައިދޭން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ހުއްޓުވާފައެވެ.
ބޭރުގެ އެހީދޭ ފަރާތެއްގެ އެހީގައި ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހަރުކަށި ފިކުރު ނައްތާލުމަށް ކަމަށްބުނެ ސްކޫލް ތަކުގައި ހިންގާ ޕްރޮގްރާމެއްގައި ކަލަކު ވޮޑިގެންވާ ކަމާއި ޣައިބަށް އީމާން ވުމާއިމެދު ސުވާލު އުފައްދާފައިވާ ސްލައިޑްތަކެއް ބޭނުންކުރާ ކަމުގެ ޝަކުވާ މީސްމީޑިއާގައި ބައެއްފަރާތްތަކުން ކުރަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

Dhivehi dhareen ge aqeedhaa fasaadha kurumah takai Unesco in hingaafaiva mivaa bodusingaa jareemaa akee mi qaumugai kufuraai shiruku aalaakoh, mi qaumuge islaamee wahudhathu fundu fundu kollan koffaivaa adi nubai maasingaa udhuvaaneh.
— ZamzamFarish - ޒަމްޒަމް ފާރިޝް (@ZamzamFarish) September 6, 2021
Miee qaanoon asaasee ah ves dhin makaruveri👇 pic.twitter.com/hJMblc6Yb6
ޑރ. ޝަހީމް ވިދާޅުވީ މާތް ﷲ ވޮޑިގެންވާކަމާއި މެދުގައްޔާއި ކީރިތި ރަސޫލާގެ ނުބުއްވަތާމެދު ޝައްކު އުފައްދައި ރާއްޖޭގައި ދަރިވަރުންގެ ވިސްނުމާއި ފިކުރު އިސްލާމީ ޢަޤީދާއާ ދުރުކޮށް، އިލްޙާދީ ފިކުރު ފެތުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ދެވިގެން ނުވާނެކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކުން އެފަދަ ކަންކަން ހުއްޓުވަންޖެހޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.
މާތް ﷲ ވޮޑިގެންވާ ކަމާ މެދުގައްޔާއި ކީރިތި ރަސޫލާގެ ނުބުއްވަތާމެދު ޝައްކު އުފައްދައި ރާއްޖޭގައި ދަރިވަރުންގެ ވިސްނުމާއި ފިކުރު އިސްލާމީ ޢަޤީދާއާ ދުރުކޮށް އިލްޙާދީ ފިކުރު ފެތުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ދެވިގެން ނުވާނެ.ކަމާބެހޭ އިދާރާތަކުން އެފަދަ ކަންކަން ހުއްޓުވަންޖެހޭނެ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 10, 2021
ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ކަލަކު ވޮޑިގެންވާކަމާއިމެދު ޝައްކު އުފައްދާ ޒާތުގެ ލިޔުންތަކެއް ހިމެނޭ ފިލާވަޅުތަކެއް ބޭރުގެ ޖަމުއިއްޔާއަކުން ރާއްޖޭގެ ދަރިވަރުންނަށް ނަގައިދޭން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ހުއްޓުވާފައެވެ.
ބޭރުގެ އެހީދޭ ފަރާތެއްގެ އެހީގައި ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހަރުކަށި ފިކުރު ނައްތާލުމަށް ކަމަށްބުނެ ސްކޫލް ތަކުގައި ހިންގާ ޕްރޮގްރާމެއްގައި ކަލަކު ވޮޑިގެންވާ ކަމާއި ޣައިބަށް އީމާން ވުމާއިމެދު ސުވާލު އުފައްދާފައިވާ ސްލައިޑްތަކެއް ބޭނުންކުރާ ކަމުގެ ޝަކުވާ މީސްމީޑިއާގައި ބައެއްފަރާތްތަކުން ކުރަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

KSA
IRN
CPV
ކިޔުންތެރިންގެ ހިޔާލު