ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން ހިންގާ މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމްގެ ނޭޝަނަލް ކޮންވެންޝަންގައި އިންތިހާބުކުރާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެމްއާރުއެމްގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހުއެވެ. އަދި ކޮންވެންޝަންގައި އިންތިހާބުކުރާ މަގާމްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.



އެމްއާރުއެމްގެ ކޮންވެންޝަންގައި އިންތިހާބްކުރާ މަގާމުތަކުގެ ތެރޭގައި ޕާޓީގެ ޒައީމް، ޕާޓީގެ ރައީސް، ޕާޓީގެ ދެ ނައިބު ރައީސުން، އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުން، ޒުވާނުންގެ ކައުންސިލާއި، އެކައުންސިލްގެ ރައީސާއި ނާއިބު ރައީސް، އަންހެނުންގެ ކައުންސިލާއި އެކައުންސިލްގެ ރައީސާއި ނާއިބު ރައީސް، އިންތިހާބު ކޮމިޓީ، ސުލޫކު ކޮމިޓީ އަދި އިސްތިއުނާފް ކޮމިޓީ ހިމެނެއެވެ.



އަންނަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއާރްއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި އިންތިހާބު ކުރާ މި މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތަކީ އެމްއާރްއެމްގެ ދަފްތަރުގައި ހިމެނޭ މެންބަރަކަށް ވުމާއި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ މެންބަރެއް ނަމަ 30 އަހަރު ފުރިފައިނުވުމެވެ.



ކިޔުންތެރިންގެ ހިޔާލު