ދައްކަން އުޅުއްވި ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވެ ވުޒާރާގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސަރުކާރަށް ވަރުގަދަ އިންޒާރެއް މިރޭ ދެއްވައިފިއެެވެ.
އިނގިރޭސި ވިލާތުގައި ހުންނަވައިގެން އަލީ ވަހީދު މިރޭ ވިދާޅުވީ ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި އޭނާ ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އިންސާފުވެރި ޢަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އިރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން." ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ވަޒީރު ކަމުން ވަކިކުރެއްވި އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވަން ތައްޔާރުވަމުންދަނިކޮށް އިނގިރޭސިވިލާތުގެ ފުލުހުން ވަނީ އިމިގްރޭޝަން ކުށްތަކެއްގައި ކަމަށް ބުނެ އޭނާ ހައްޔަރުކޮށްފައެެވެ.
އަލީ ވަހީދު އެ އިޝާރަތް ކުރައްވަނީ އެވާހަކަ ތަކަށް ކަމަށް ބެލެވެއެވެ. އަލީ ވަހީދުގެ ވަކީލުންގެ ޓީމުން ވަނީ އޭނާ ހައްޔަރުކުރި ދުވަހު ޕްރެސް ކޮންފަރެންސެއް ވެސް ބާއްވަން މަސައްކަތްކޮށްފައެވެ. އަދި އެ ދުވަހު ނޫސްވެރިން ބައިވެރިވާ ގޮތަށް އޮންލައިންކޮށް ޕްރެސް ކޮންފަރެންސް އޮންނާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
އަލީ ވަހީދު އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ޓްވީޓެއް ކުރައްވާފައި މިވަނީ އަލީ ވަހީދު ހައްޔަރުކޮށްފައިވާކަން ޔޫކޭ ފުލުހުން ދިވެހި ފުލުހުންނަށް އަންގާފައިވަނިކޮށެވެ. އަލީ ވަހީދު ސްޕްރީމް ކޯޓަށް ހާޒިރުނުވުމުން އޭނާގެ މައްޗަށް ޖަލުގެ ހުކުމެއް ވެސް މިހާރު ވަނީ އިއްވާފައެެވެ. އެހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަަޕޯލްގެ އެހީއަށް އެދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު