ގައިން ގަޔަށްނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް މާލެ ސަރަހައްދުގައި ސްޓެޕް ސަރވޭގެ މަސައްކަތްތައް އަލުން ފަށައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މި ސަރވޭއަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިން ގަޔަށްނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ކުރާ ސަރވޭއެއް ކަމަށާއި، މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަމްސީލުވާގޮތަށް މިދިޔަ އަހަރު ކުރަން ފަށާފައިވާ ސަރވޭއެއް ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގޯސްވުމާއި ގުޅިގެން މެދުކަނޑާލާފައިވާ މި ސަރވޭގެ މަސައްކަތްތައް މިހާރު ވަނީ އަލުން ފަށާފައެވެ.
މި ސާރވޭ މިއަހަރު ނިންމުމަށްޓަކައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލެ އަދި ހުޅުމާލޭގައި ސަރވޭގެ މަސައްކަތްތައް ކުރިޔަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނީ މިއީ އެ އެޖެންސީން އިސްނަގައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީ ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ.
އަދި މި ސާރވޭ ކުރުމަށް ގުރުއަތުން ނެގިފައިވާ ގޭގެއަށް މައުލޫމާތު އެއްކުރުމަށް ޒިޔާރަތްކުރާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، މި ސާރވޭގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ތިބޭނީ މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީން މިކަމަށް ދޫކޮށްފައިވާ ފާހެއް އަޅައިގެން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު