ބ.އަތޮޅުގެ އެކި ރަށްރަށުގައި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބައްލަވާލެއްވުމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު އެއަތޮޅަށް ވަޑައިގެންނަވައިފިއެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޝާހު ބ. އަތޮޅަށް ކުރައްވާ ދަތުުރުފުޅުގައި ވަނީ އެއަތޮޅު ގޮއިދޫ، ކެންދޫ އަދި ކަމަދޫއަށް ވަޑައިގެން އެރަށްރަށުގައި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.
މިގޮތުން ގޮއިދޫ، ކެންދޫ އަދި ކަމަދޫއަށްއަށް ކުރެއްވި ޒިޔާރަތުގައި ޝާހު ވަނީ އެރަށްރަށުގައި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
ގޮއިދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާއިރު މި މަޝްރޫއުގައި ފެނުގެ ނިޒާމްގެ މަސައްކަތުގެ ދަށުން 12.07 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. އަދި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 7.30 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކޮށް، 1.48 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފްލޯއެއް ގާއިމްކުރާނެއެވެ.
ކެންދޫއަށް ބަލާލާއިރު އެރަށުގައި އާރުއޯ ބިލްޑިންގް އެއް ޤާއިމްކޮށް 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 250 ގޭބިސީއަކަށް މި ޚިދުމަތުގެ ކަނެކްޝަން ގުޅައިދީ ދުވާލަކު ފަސްދޮޅަސް ހަ އަކަ މީޓަރުގެ ފެން އުފެއްދޭވަރުގެ ދެ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްލާންޓް ތަކުން ހަދާ ފެން ރައްކާކުރުމަށް ހަތަރުސަތޭކަ ސާޅީސް ހަ އަކަ މީޓަރުގެ ދެ ތާނގީއާއެކު ވާރޭފެން ރައްކާކުރުމަށް 450 އަކަ މީޓަރުގެ ތާނގީއެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. ވާރޭފެންހިންދާ ނިޒާމެއްވެސް މި މަޝްރޫއުގެ ދަށުން އެރަށުގައި ޤާއިމް ކުރާނެއެވެ. އަދި މިތަނުގައި ހަދާ ފެން ތަހުލީލް ކުރުމަށް ބޭނުންވާ ސާމާނުވެސް މިރަށަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވިއެވެ. ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރެއިން ކެންދޫގައި 4.88 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 250 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ނަޖިސް ބޭރުކުރުމަށް ދެ ޕަންޕް ސްޓޭޝަން ޤާއިމް ކުރުމާއި ސީއައުޓްފްލޯ އެއްޅުމުގެ މަސައްކަތްވެސް އެރަށުގައި ކުރާނެއެވެ. އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިންވެސް މިމަޝްރޫއުގެ ދަށުން އެރަށަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކަމަދޫއަށް ބަލާލާއިރު، ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 4.38 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީއެއް އިމާރާތް ކުރާނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާކުރުމަށް ތިން ތާނގީ ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ ރަށުގެ ގެތަކުގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީން ކުރާނެއެވެ. ކަމަދޫ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 3.88 ކިލޯ މީޓަރުގެ ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކޮށް، 474 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ދެ ޕަންޕިން ސްޓޭޝަނާއި ސީއައުޓްފްލޯއެއްގެ އިތުރުން އިދާރީ ބިލްޑިން އިމާރާތް ކުރާނެ އެވެ. އަދި ގެތަކުގައި ޖަންގްޝަން ބަހައްޓައިދީ ނަރުދަމާ ނިޒާމު ވެސް ގުޅުވައިދޭނެއެވެ.

Managing Director @hassanshaahu visits B. Kendhoo to inspect the progress of ongoing Water & Sewerage Project. Currently RO Building construction works are well underway.#MWSCAsaasee pic.twitter.com/x0uoWfG7hc
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) September 10, 2021
މިގޮތުން ގޮއިދޫ، ކެންދޫ އަދި ކަމަދޫއަށްއަށް ކުރެއްވި ޒިޔާރަތުގައި ޝާހު ވަނީ އެރަށްރަށުގައި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
Managing Director @hassanshaahu visits B. Kamadhoo to inspect the progress of ongoing Water & Sewerage Project.
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) September 10, 2021
Currently RO facility building and sewer network pipe-laying works are well underway.#MWSCAsaasee pic.twitter.com/CEETmYTWvt
ގޮއިދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާއިރު މި މަޝްރޫއުގައި ފެނުގެ ނިޒާމްގެ މަސައްކަތުގެ ދަށުން 12.07 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. އަދި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 7.30 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކޮށް، 1.48 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފްލޯއެއް ގާއިމްކުރާނެއެވެ.
ކެންދޫއަށް ބަލާލާއިރު އެރަށުގައި އާރުއޯ ބިލްޑިންގް އެއް ޤާއިމްކޮށް 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 250 ގޭބިސީއަކަށް މި ޚިދުމަތުގެ ކަނެކްޝަން ގުޅައިދީ ދުވާލަކު ފަސްދޮޅަސް ހަ އަކަ މީޓަރުގެ ފެން އުފެއްދޭވަރުގެ ދެ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްލާންޓް ތަކުން ހަދާ ފެން ރައްކާކުރުމަށް ހަތަރުސަތޭކަ ސާޅީސް ހަ އަކަ މީޓަރުގެ ދެ ތާނގީއާއެކު ވާރޭފެން ރައްކާކުރުމަށް 450 އަކަ މީޓަރުގެ ތާނގީއެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. ވާރޭފެންހިންދާ ނިޒާމެއްވެސް މި މަޝްރޫއުގެ ދަށުން އެރަށުގައި ޤާއިމް ކުރާނެއެވެ. އަދި މިތަނުގައި ހަދާ ފެން ތަހުލީލް ކުރުމަށް ބޭނުންވާ ސާމާނުވެސް މިރަށަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވިއެވެ. ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރެއިން ކެންދޫގައި 4.88 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 250 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ނަޖިސް ބޭރުކުރުމަށް ދެ ޕަންޕް ސްޓޭޝަން ޤާއިމް ކުރުމާއި ސީއައުޓްފްލޯ އެއްޅުމުގެ މަސައްކަތްވެސް އެރަށުގައި ކުރާނެއެވެ. އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިންވެސް މިމަޝްރޫއުގެ ދަށުން އެރަށަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
Managing Director @hassanshaahu visits B. Goidhoo to inspect the progress of ongoing Water & Sewerage Project.#MWSCAsaasee pic.twitter.com/qQPwGNvyEi
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) September 11, 2021
ކަމަދޫއަށް ބަލާލާއިރު، ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 4.38 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީއެއް އިމާރާތް ކުރާނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާކުރުމަށް ތިން ތާނގީ ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ ރަށުގެ ގެތަކުގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީން ކުރާނެއެވެ. ކަމަދޫ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 3.88 ކިލޯ މީޓަރުގެ ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކޮށް، 474 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ދެ ޕަންޕިން ސްޓޭޝަނާއި ސީއައުޓްފްލޯއެއްގެ އިތުރުން އިދާރީ ބިލްޑިން އިމާރާތް ކުރާނެ އެވެ. އަދި ގެތަކުގައި ޖަންގްޝަން ބަހައްޓައިދީ ނަރުދަމާ ނިޒާމު ވެސް ގުޅުވައިދޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު