މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ފެންހޮޅީގެ މަސައްކަތްތަކެއް ކުރުމަށްޓަކާ ހެންވޭރުގެ ބައެއް ގެތަކުން މިރޭ ފެނުގެ ޚިދުމަތް ކަނޑާލަން ހަމަޖެހިފައިވާކަމަށް އެމްޑަބްލިއުއެސްސީން ހާމަކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ހެންވޭރުގެ ބައެއް ގެތަކުން މިރޭ ފެން ކަނޑާލަން ނިންމީ ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެންހޮޅިއާއި އަލަށް އަޅާ ފެންހޮޅި ގުޅުވާލުމަށްޓަކައިކަމަށެވެ.

އެގޮތުން ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެންހޮޅިއާއި މިހާރު އަޅާ ފެންހޮޅި ގުޅުވާލުމަށްޓަކައި މިރޭ 11:00 އިން ފަތިހު 5:00 އަށް އެ މަގުގައި ހިމެނޭ ހުރިހާ ގޭބިސީއަކުން ފެނުގެ ޚިދުމަތް މެދުކަނޑާލާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. މިގޮތުން ރޯޝަނީ މަގުގެ ސޯސަން މަގާ ގުޅޭ ސަރަހައްދުން ފެށިގެން ކަސްތޫރިމަގާ ދެމެދުގައިވާ ގެތަކުން ފެން ކެނޑޭނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި ކާނި ގޯޅީގައިވާ ހުރިހާ ގެތަކަކުން ވެސް މިރޭ ފެން ކަނޑާލުމަށް ވަނީ ހަމަޖެހިފައެވެ.



"ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް"ގެ ދަށުން ހެންވޭރު އުތުރުގެ މަގުތައް ހެދުމުގެ މަސައްކަތް ވަނީ މިދިޔަ މަހުގެ ތެރޭގައި ފަށާފައެވެ. މި މަސައްކަތުގެ ދަށުން ހެންވޭރު އުތުރުގެ 13 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ވައިލެޓް ހިނގުން، ވައިލެޓް މަގު، ގުލިސްތާން ގޯޅި، ހިރުނދު މަގު، ދުނބުރި މަގު، ރޯޝަނީމަގު، ކުރަނގި ގޯޅި، ކަސްތޫރި މަގު، ސީސަން މަގު، ސަނދުބަރަކާ ގޯޅި، ދީފުރަމް ގޯޅި، ގަލަދުންގޯޅި އަދި ފިލިގަސްމަގެވެ.



ކިޔުންތެރިންގެ ހިޔާލު