ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އަދި ބަދަލު ކުރެވެން ނެތް ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިރޭ ވިދާޅުވެއްޖެއެެވެ.
ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ ޖޭއެސްސީއަށް މިވަގުތު ބަދަލު ގެނެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމާއެކު ޖޭއެސްސީ ވެސް އިސްލާހު ކުރާނެ ކަމަށް ހަލީމް ވިދާޅުވިއެެވެ. އެގޮތުން ވަރަށް އަވަހަށް އެކޮމިޝަނަށް ބަދަލު ގެންނާނެ ކަމަށް ހަލީމް ވިދާޅުވިއެެވެ.
"ޖުޑިޝަރީ ރަނގަޅު ކުރުމަށްޓަކައި ޖޭއެސްސީގެ ރައީސަކަށް އެ ލިބޭބާރު ލިބިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެދެވޭ ދިޔުން ނޫން ގޮތެއް ނެތިފައި އޮއްވާ އެމަގު އަޅުގަނޑުމެންނަށް މިފެނުނީ، އަޅުގަނޑުމެންނަށް އެމަގު ދުލެއް ނުކުރެވޭނެ." ހަލީމް ވިދާޅުވިއެެެވެ.
ހަލީމް ވިދާޅުވީ ޖޭއެސްސީއަށް މިހާރު ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. ކުރިއަށް އޮތްތާގައި ވެސް އެކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނާނެ ކަމަށް ހަލީމް ވިދާޅުވިއެެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ރިޔާސީ ދައުރު ދެބައިވީރުވެސް އެކަަމަށް އެއްވެސް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު