އަހުމަދު މަސްނޫމް   12 ސެޕްޓެމްބަރު 2021 - 14:8
ޓިކްޓޮކްގައި އަމިއްލައަށް ބަރަހަނާވި މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ ޓިކްޓޮކްގައި ޔާޔާ ނަބީލްގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 36 އަހަރުގެ އަހުމަދު ނަބީލެވެ. އޭނާއަކީ ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ބޭއަދަބީ ވާހަކަދެއްކުމުގައި މުޅިންހެން އުޅޭ މީހެކެވެ.

ފުލުހުން ބުނީ ޓިކްޓޮކްގައި ބަރަހަނާވި މައްސަލައާ ގުޅިގެން ނަބީލް މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާގެ މައްސަލަ ތަހުގީގުކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

ޓިކްޓޮކްގައި މީގެކުރިންވެސް ނަބީލްގެ ފަރާތުން ބޭއަދަބީ، ބަދުއަހުލާގީ ކަންކަން ފެނިފައިވެއެވެ. އަދި އޭނާއާ މެދު ފިޔަވަޅެއް ނާޅާތީ ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު