ރާއްޖެގެ ތަރަައްގީއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރައްވާ މަސައްކަތްތަކާއެކު، އެމަނިކުފާނަށް ރައްޔިތުންގެ އިތުބާރު ބޮޑުވަމުންދާކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ތަރައްގީގެ ގިނަ މަަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ހެޔޮވެެރިކަމުގެ ނަތީޖާ ފެންނަމުންދާ ވަރަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެކަމަށެވެ. އަދި އަތޮޅުތެރޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ރައީސް ސާލިހުގެ ސަރުކާރުން ގެންދަވަނީ ކުރައްވަމުންކަމަށްވެސް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާއިރު، މިވަގުތުވެސް 22 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެއިތުރުން ބައެއް ސަރަހައްދުތަކުގައި އެއަރޕޯޓްތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އުމްރާނީ ތަރައްގީގެ އިތުރުން، އިގްތިސާދީ ގޮތުންނާއި އިޖްތިމާއި ގޮތުންވެސް ތަރައްގީގެ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރެވެމުންނެވެ.

Heyo verikamuge natheejjaa fennamun dhaavarakah rayyithunge ithubaar boduvaane. Atholhu thereyge tharaggeeyah gina masakkaiy thakeh @ibusolih ge sarukaarun gendhavanee kuravvamun.
— Ahmed Abdulla (@ahmedabdulla2a) September 11, 2021
ރާއްޖޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާއިރު، މިވަގުތުވެސް 22 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެއިތުރުން ބައެއް ސަރަހައްދުތަކުގައި އެއަރޕޯޓްތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އުމްރާނީ ތަރައްގީގެ އިތުރުން، އިގްތިސާދީ ގޮތުންނާއި އިޖްތިމާއި ގޮތުންވެސް ތަރައްގީގެ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރެވެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު