އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އާ ވާހަކަތަކެއް ދައްކަވައިފިއެވެ.
އެމްއެމްޕީއާރުސީގެ ވައްކަމާއި ގުޅޭ އާ ވާހަކަތަކެއް އަލީ ވަހީދު ދައްކަވާފައި މިވަނީ، ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހި ވާހަކަ ދައްކަވާނެކަމަށް އަލީ ވަހީދު މީގެކުރިން ވިދާޅުވެ ސަރުކާރަށް އިންޒާރުތަކެއް ދިނުމަށް ފަހު އެވެ.
އަލީ ވަހީދު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އެމް.އެމް.ޕީ.އާރު.ސީ. މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދަޢުވާއެއް ނޯންނާނެކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ އެ ސަބަބާ ހެދިކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ރައީސް ޔާމީން މިނިވަންކުރަންޖެހޭކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ސައްޙަ ލިސްޓު ފެށެނީ މިއަދުގެ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމާ ހަމައިން ކަމަށެވެ. އެގޮތުން ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން ނޯޅޭނެކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ (އަދީބުގެ) ފޯނުތަކާއި ލެޕްޓޮޕް އިނގިރޭސި ތަޙުޤީޤު ޓީމަށް ރައްދުކޮށްދިނީ އޭނާކަމަށެވެ. އަދި ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން އޭނާގެ އަޑު ކަނޑުވާ ނުލެވޭނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. މީގެ ދުވަސްކޮޅެއް ކުރިން ވީސާ މައްސަލައެއްގައި އޭނާ ހައްޔަރުކުރިނަމަވެސް، ބެލެވޭ ގޮތުގައި އަލީ ވަހީދު މިހާރު ވަނީ މިނިވަންވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް އެމް.އެމް.ޕީ.އާރު.ސީ. މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދަޢުވާއެއް ނޯންނާނެ.
— Ali Waheed (@ali20waheed) September 12, 2021
އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ މިދެންނެވި ސަބަބާހެދި. ރައީސް ޔާމީން މިނިވަންކުރަންޖެހޭ🇲🇻

ކިޔުންތެރިންގެ ހިޔާލު