އަހުމަދު މަސްނޫމް   12 ސެޕްޓެމްބަރު 2021 - 15:51
އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ދާންދޫގައި މަސައްކަތްތަކެއް ކުރިއަށްގެންގޮސްފިއެވެ.

އެމްޓީސީސީން ބުނީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން މަސައްކަތް ކުރިއަށްގެންދިޔައީ ގއ. ދާންދޫ އަލަށް އާބާދުވާ ސަރަޙައްދާއި، އެރަށުގެ އެހެން ބައެއް ސަރަހައްދުތަކުގައި ކަމަށެވެ.



އެމްޓީސީސީން ބުނީ ސީއެސްއާރުގެ ދަށުން ދާންދޫގައި ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރޭގައި ދާންދޫގައި އަލަށް އާބާދުވާ ސަރަހައްދުގެ މަގުތައް ސާފުކުރުމާއި ލެވެލް ކުރުން ހިމެނޭކަމަށެވެ. އަދި ރަށުގެ މަގުތަކުގައި ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައިދިނުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންކަމަށް އެމްޓީސީސީން ބުނެއެވެ.

ސީއެސްއާރު މަސައްކަތްތަކުގެ އިތުރުން އެމްޓީސީސީން ގެންދަނީ ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު