ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލުކަން ކުރައްވާފައިވާ އަލީ ނަދީމު އަައްޔަންކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރާ ދެ ފަނޑިޔާރުން އައްޔަންކުރުމުގެ ރަސްމިއްޔާތު މިއަދު 15:30ގައި ބާއްވަން ވަނީ ނިންމާފައެވެ. އެ ރަސްމިއްޔާތުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ނަދީމާއި އިސްމާއިލް ޝަފީއު އައްޔަންކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.
މި ބޭފުޅުންގެ ތެރެއިން ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި އަލީ ނަދީމަކީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތުހުމަތުގައި އަދީބު ހައްޔަރުކުރުމުން، އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ވަކީލެކެވެ. އޭނާ އަދީބުގެ ވަކީލުކަމުން އަމިއްލައަށް ދުރުވެވަޑައިގެންނެވީ 2015 ވަނަ އަހަރުއެވެ. އަދީބުގެ ވަކީލުކަމުން އޭރު އޭނާ ވަކިވީ ފުލުހުން އޭނާގެ މައްސަލައެއް ބަލަން ފެށުމުންނެވެ. މިހާރުގެ ޕީޖީއަކީވެސް އަދީބުގެ ދިފާއީ ވަކީލުކަން ކުރެއްވި ބޭފުޅެކެވެ. ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލައާއި އެމްއެމްޕީއާރްސީގެ މައްސަލަތަކުގައިވެސް ޕީޖީ ޝަމީމު ވަނީ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަށްވާފައެވެ. އެގޮތުން އަދީބާއި ޒިޔަތުގެ އިތުރުންވެސް އެމައްސަލައާއި ގުޅިގެން އިނގިރޭސި ވިލާތަށް އަރުވާލެވިގެން ތިބި ބައެއް މީހުންނަށް ގާނޫނީ އެހީތެރިކަން ޝަމީމު ވަނީ ފޯރުކޮށްދެއްވާފައެވެ.
ކްރިމިނަލް ކޯޓަށް ދެ ގާޒީއަކު ހޯދުމަށް އިއުލާން ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. އެ ފުރުސަތުގައި 9 ބޭފުޅަކު މަގާމަށް ކުރިމަތިލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު