ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކެންސަލްކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފަހައްޓަން އެދުމުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެދެވެން ނެތްކަމަށް ހައި ކޯޓުން މިއަދު ނިންމަވައިފިއެވެ.
އަލީ ވަހީދު ޕާސްޕޯޓުގެ މައްސަލަ ހައިކޯޓުން ބަލަން ފެށީ، ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް މިދިޔަ ފެބްރުއަރީމަހު އަލީ ވަހީދު ރާއްޖެ ދޫކޮށް ވަޑައިގަތްފަހުން އޭނާ އެނބުރި ވަޑައިނުގަތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުމުން، އެ ކޯޓުން އެ އަމުރު ނެރެ ނުދިނުމުންނެވެ.
ޕީޖީން އެމައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން މިއަދު ނެރުނު ހުކުމްގައި އޮތީ ފުލުހުން އެދިފައި އޮތީ އަލީ ވަހީދު މިނިސްޓަރަކަށް ހުންނެވިއިރު ދޫކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކަމަށެވެ. އެކަމަކު އެ ޕާސްޕޯޓަކީ އޭނާ މިނިސްޓަރުކަމުން ވަކިކުރުމުން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަމަށާއި އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތީ އަމިއްލަ ޕާސްޕޯޓުގައި ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން އަމުރު ނުދެވޭނެކަމަށް އެ ހުކުމުގައިވެއެވެ.
ހުކުމުގައިވާ ގޮތުން އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓް މިދިޔަ އަހަރުގެ އޮގަސްޓް މަހު ކެންސަލް ކޮށްފައި ވަނިކޮށް އޭނާގެ އަމިއްލަ ޕާސްޕޯޓް ހިފަހައްޓަން އެދުމުގެ ބަދަލުގައި ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ފުލުހުން އެދުނު އެދުމަކީ "ކަމަކަށް ކަމެއް ކުރުމުގެ ގޮތުން" ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މިކަމުގައި ދައުލަތުން އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާކޮށްފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން ކޯޓުގެ މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަށް ހުކުމުގައިވެއެވެ.
މި ހުކުމާއި ގުޅިގެން އަލީ ވަހީދު ކުރި ޓްވީޓެއްގައި ވަނީ ޕީޖީ ޝަމީމަކީ ވަރަށް ގިނަ ކަންކަން އޮޅިވައިޑައިގެންނަވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
"ކީރިތި ރަސޫލާއަށް ފުރައްސާރަކުރި އެމް.ޑީ.އެން ގެ ޗެއަރޕާސަންކަން ކުރިކަން ހަނދާންނެތްކަމަށް ވިދާޅުވި މީހަކަށް، ރައްޔިތުންގެ ނޭވާ ހޮޅިން ވެންޓިލޭޓަރުން ވައްކަންކުރިކަން ނޭނގުނު މީހަކަށް، ފަތިސްކަމަށް މެންދުރު ޓްވީޓް ކުރާ މީހަކަށް، ޢަލީ ވަޙީދުވެސް އޮޅިދާނެ. އުންސުރު ހަމަކޮށްދޭނަން." އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދޭން ހައި ކޯޓުން ނިންމިއިރު، އޭނާ މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އަދި ސުޕްރީމް ކޯޓުގެ ޝަރީއަތަށް އޭނާ ހާޒިރުނުވި މައްސަލާގައި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން އޭނާގެ މައްޗަށް ހުކުމްކޮށް، އެ ހުކުމް ތަންފީޒުކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު