މިފަހަރު ނިކަން ރަނގަޅަށް ޕީޖީ ހުސައިން ޝަމީމުގެ އުންސުރު ހަމަކޮށްދޭނެކަމަށް ވިދާޅުވެ އަލީ ވަހީދުގެ ވަރުގަދަ އިންޒާރެއް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމަށް ދެއްވައިފިއެވެ.
އަލީ ވަހީދު ޕީޖީއަށް މިފަދައިން އިންޒާރެއް ދެއްވާފައި މިވަނީ ކެންސަލް ކޮށްފައިވާ އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓަށް ހުށަހެޅުމުން އެކަމަށް އަމުރު ނެރެދެވެން ނެތްކަމަށް ބުނެ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށް ހުކުމްކޮށްފައި ވަނިކޮށެވެ. ހައިކޯޓުން މިގޮތަށް ހުކުމްކުރި މައިގަނޑު ސަބަބެއްކަމަށް ބުނެފައި ވަނީ، ހިފަހައްޓަން އެދުނު ޑިޕްލޮމެޓިކް ޕާސްޕޯޓަކީ މިހާރުވެސް ކެންސަލްކޮށްފައި އޮތް ޕާސްޕޯޓަކަށްވުމެވެ. އަދި މިކަމުގައި ދައުލަތުން ކަންކަންކޮށްފައި އޮތީ، ކަމަކަށް ކަމެއް ކުރާ އުސޫލުންކަމަށްވެސް ހައިކޯޓުގެ ހުކުމްގައިވެއެވެ.
ހައިކޯޓުގެ ހުކުމާއި ގުޅިގެން އަލީ ވަހީދު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލަށް މަލާމާތުގެ ރާގަކަށް ފާޑު ވިދާޅުވުމަށްފަހު އިންޒާރެއް ދެއްވާފައެެވެ. އެގޮތުން ކީރިތި ރަސޫލާއަށް ފުރައްސާރަކުރި އެމް.ޑީ.އެންގެ ޗެއަރޕާސަންކަން ކުރިކަން ހަނދާންނެތްކަމަށް ވިދާޅުވި މީހަކަށް އަދި ރައްޔިތުންގެ ނޭވާ ހޮޅި، ނުވަތަ ވެންޓިލޭޓަރުން ވައްކަންކުރިކަމާއި ފަތިސްކަމަށް ހީކޮށް މެންދުރު ޓްވީޓް ކުރާ މީހަކަށް، ޢަލީ ވަހީދުވެސް އޮޅިދާނެކަމަށެވެ. އަދި މިފަހަރު އުންސުރު ހަމަކޮށްދޭނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް އުންސުރު ހަމަކޮށްދޭނަމޭ ވިދާޅުވީ ކޮންކަމަކަށް އިޝާރާތްކުރައްވައި ކޮންކަމެއް ކުރަށްވާނެ ވާހަކައެއްކަމެއް ނޭނގެއެވެ. އުންސުރުގެ ވާހަކައަކީ ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީ ޝަމީމު ދެއްކެވި ބަހަނާއެވެ.
"ކީރިތި ރަސޫލާއަށް ފުރައްސާރަކުރި އެމް.ޑީ.އެން ގެ ޗެއަރޕާސަންކަން ކުރިކަން ހަނދާންނެތްކަމަށް ވިދާޅުވި މީހަކަށް، ރައްޔިތުންގެ ނޭވާ ހޮޅިން ވެންޓިލޭޓަރުން ވައްކަންކުރިކަން ނޭނގުނު މީހަކަށް، ފަތިސްކަމަށް މެންދުރު ޓްވީޓް ކުރާ މީހަކަށް، ޢަލީ ވަޙީދުވެސް އޮޅިދާނެ. އުންސުރު ހަމަކޮށްދޭނަން." އަލީ ވަހީދު ވިދާޅުވެފައި ވެއެވެ.
ވަޒީރު ކަމުގައި މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ގިނަ ދައުވާ ތަކެއް އުފުލާފައި ވަނިކޮށް އިނގިރޭސި ވިލާތަށް ވަޑައިގެން އުޅުއްވާ އަލީ ވަހީދު މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ސައްޙަ ލިސްޓު ފެށެނީ މިއަދުގެ ޕްރޮސިކިއުޓަރ ޖެނެރަލާ ހަމައިންކަމަށެވެ. އަދި ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން ނޯޅޭނެކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްސަލަތައް ކޯޓުގައި އޮތްއިރު، އެކަމާއި ގުޅިގެން ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ހާޒިރުނުވި މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ ދައުލަތުން ވެސް އެއްބާރުލުން ދީގެން ކޯޓުން ހިފަހައްޓާފައި އޮތް އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުންނެވެ. އެއަށްފަހު ދައުލަތާއި ކޯޓާއި ފުލުހާއި ދެމެދުގައި އަލީ ވަހީދާ ގުޅޭ އެކިކަހަލަ "ޑްރާމާތައް" މިހާތަނަށް ވެސް އައީ ކުޅެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު