ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލަރުންނާއި ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ގެމަނަފުށީގެ ހެލްތް ސެންޓަރުން 24 ގަޑިއިރު ޚިދުމަތް ދޭން ފެށުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއް ކަމުގައި ފާހަގަކުރައްވާ، ސަރުކާރުން އެގޮތަށް ނިންމަވައި ޚިދުމަތް ފޯރޮކޮށްދެން ފެއްޓުމާ ގުޅިގެން އެކަމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ކައުންސިލަރުން ވަނީ މި ސަރުކާރުން ރަށުގެ ތަރައްޤީއަށް ކުރައްވާ ހުރިހާ މަސައްކަތެއްގައި އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި، ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ކުރަމުންއަންނަ މަސައްކަތްތަކާއި ކުރިޔަށްރޭވިފައިވާ ތަރައްޤީގެ ޕްލޭންއާއި، ގެމަނަފުށި ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކޮށްފައެވެ.
އެގޮތުން، ހެލްތް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާއި ގުޅިގެން އެ ސެންޓަރަށް އިތުރަށް މުވައްޒަފުން ބޭނުންވާކަމަށާއި، ސެންޓަރުގެ ޖާގައިގެ ދަތިކަން ހުރިކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، މުވައްޒަފުން މަދުކަން ކައުންސިލުން ފާހަގަކުރިއެވެ. މީގެ އިތުރުން ސްކޫލަށް މަލްޓި-ޕާޕަސް ހޯލެއް ބޭނުންވާކަމާއި، އެއްދަންފަޅިއަށް ސްކޫލުގެ ކިޔެވުން ބަދަލުކުރުމަށްޓަކައި ފަހުން އިމާރާތް ކޮށްފައިވާ 10 ކްލާސްރޫމަށް ފަރުނީޗަރ ބޭނުންވާކަމުގައި ކައުންސިލުން ބުނެޏެވެ.
ހަމައެއާއެކު މަސްވެރިންގެ ކަންބޮޑުވުންތަކާއި، ޒުވާނުންގެ ކަންބޮޑުވުންތައްވެސް މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ޙިއްޞާކޮށްފައެވެ. އެގޮތުން މަހުގެ އަގު ރަނގަޅުކޮށްދިނުމަށާއި، އައިސް ޕްލާންޓްގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ބޭނުންވާކަން ފާހަގަކުރިއެވެ. އަދި ޒުވާނުންނަށް ޚާއްޞަކޮށް ޔޫތު ސެންޓަރެއް ޤާއިމުކޮށްދެއްވުމަށާއި، ފުޓްބޯޅަ ދަނޑެއް ބޭނުންވާކަމުގައި ކައުންސިލުން ބުނެފައި ވެއެވެ. މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދު ރައްކާތެރިކޮށްދެއްވުމަށާއި، ރަށުގެ ބިންހިއްކަން ބޭނުންވާކަމަށާއި، ބަނދަރުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ މިސްކިތް މަރާމާތުކުރުމަށް ބޭނުންވާކަމުގައި ގެމަނަފުށި ކައުންސިލުން ފާހަގަކުރިއެވެ. އަދި ރަށުގައި ތާރު އެޅުމަށް ބޭނުންވާކަމުގައިވެސް ކައުންސިލަރުން ފާހަގަކުރެއްވެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ކައުންސިލުން ފާހަގަކުރި ކަންކަމުގައި ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ނަރުދަމާގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަން ފާހަގަކުރައްވާ، ފެނުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ތަރައްޤީގެ މަސައްކަތް ކުރާއިރު ރަށުގެ ކައުންސިލުން އެއްބާރުލުން ދެއްވުމަކީ ވަރަށް ރަނގަޅުސިފައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު