އެމްޑީޕީ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުން ތަކެއް ހުރި ނަމަވެސް އެތެރޭގެ އިންތިހާބަށް ހުރަސް އެޅިގެންދާނެ ކަަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ދާއިރާ ތަކުގެ އިންތިހާބާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގައި އަބަދުވެސް ހިޔާލުތަފާތުވުން އޮންނަ ކަމަށާއި، އެޕާޓީ ވަރުގަދަ ކޮށް އޮތުމުގެ ސިއްރަކީ އެއީ ކަމަށެވެ. އެމްޑީޕީ ދެމިއޮތުމުގެ އަސްލަކީ ވެސް އެކި ވިސްނުމުގެ ބޭފުޅުން އެ ޕާޓީގައި ތިއްބަވައިގެން ކަންކަން ކުރައްވާތީ ކަަމަށް ހަސަން ވިދާޅުވިއެވެެ. ހަސަން ވިދާޅުވީ އެ ނޫން ދަނޑިވަޅެއް އެމްޑީޕީއަށް ނާންނާނެ ކަމަށާއި އަދި އަބަދުވެސް އެމްޑީޕީގައި ހިޔާލު ތަފާތުވުން އުޅޭނެ ކަމަށެވެ.
"އެއީ އެމްޑީޕީ އެހާ ވަރުގަދަކޮށް އޮންނަ ސަބަބަކީވެސް. އެ ނޫން ގޮތަކަަށް ޕާޓީ ހިނގާ ކަމަށްވަންޏާ އެމްޑީޕީ ވަރުގަދައެއް ނުވާނެ." ހަސަން ލަތީފް ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، އެތެރޭގެ އިންތިޚާބުތައް ފުރިހަމަވާނީ ކޮންމެވެސް ވަރެއްގެ ވާދަވެރިކަމެއް ވެސް އޮވެގެން ކަމަށެވެ. އެޕާޓީގެ އިންތިޚާބުތަކަކީ އަބަދުވެސް ވަރަށް ވާދަވެރި އިންތިޚާބުތަކެއް ކަަަމަށް ހަސަން ވިދާޅުވިއެވެ.
"އެހެން ނަމަވެސް އިންތިހާބު ނިމުމާއެކު އެއް ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެން އަނެއްކާވެސް ތިބެން." ހަސަން ވިދާޅުވި އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މިި އިންތިޚާބުގައި ޖުމުލަ 733 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެމްޑީޕީން ބުނީ ބައެއް ދާއިރާތަކުން އެންމެ މީހަކު ކުރިމަތިލާފައިވާތީ އެ ދާއިރާތަކަށް ކުރިމަތިލި މީހާ އޮޓަމެޓިކުން ހޮވޭނެ ކަމަށެވެ. އެގޮތަށް ހޮވޭ މީހުންގެ ލިސްޓު އެންމެ ލަސްވެގެން މާދަމާ އާންމު ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ އެެހެން ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައި އޮތުމުން އެމްޑީޕީގެ މެންބަރުން ކަމަށް ބުނާ 918 މީހަކަށް ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ނުލެވޭ ގޮތް ހަދާފައިވާ ކަމަށެވެ. އެމްޑީޕީގެ ދާއިރާ ތަކުގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެ ކަމަށް އެމްޑީޕީން ބުނެ އެވެެ.
އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި 900 މީހުން ހަރަކާތްތެރިވާއިރު 300 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެމްޑީޕީގެ ދަފްތަރު ދައްކާ ގޮތުން އެ ޕާޓީގައި 93،354 މެމްބަރުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު