ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރަން ޖެހިފައިވަނީ ނިކަމެތި މީހާގެ މަސައްކަތުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، މަސްތުވާއެއްޗެހީގެ ހާލަތު ބަދަލުކުރުމަށް ސިޔާސީ ވެރިން ވިސްނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"އެމީހުންގެ ގެތަށް ހުރީ ބުރިބުރިއަށް ނަގާ، ގޭޓްގައި ތަޅުލާ، ކެމެރާ ހަރުކޮށްފައި، ގިނަ މީހުންގެ ދަރިން ތިބެނީ ބޭރުގައުމުތަކުގައި، އާއިލާތައް ތިބީ ބޭރު ގައުމުތަކުގައި ގިނަ ބޭފުޅުން ވަނީ ބޭރުގައުމުތަކުން ގެދޮރު ބައްލަވައިގެންފަ، އެމީހުންގެ ދަރިއަކު މި ޒަހަރުގައި ޖެހިއްޖެނަމަ ބަހައްޓަނީ ބޭރު ގައުމެއްގައި." ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އުމަރު ނަސީރު ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އުމަރު ވަނީ ރައީސް ކަމަށް އިންތިޚާބު ވެވަޑައިގެންފިނަމަ ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކޮށްދެއްވުމަށް ވައުދު ވެވަޑައިގެންފައެެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރުގެ ވަޒީރުކަމުގައި އޭނާ ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ވަރުގަދަ މަސަައްކަތް ތަކެއް ކުރައްވާފައެެވެ.
އެގޮތުން މަސްތުވާތަކެތި ހޯދުމަށް ކުއްތާ ގެނަސް ފުލުހުންގެ ތެރޭގައި ޑޯގް ސްކޮޑެއް ގާއިމު ކުރީ އުމަރުގެ ވަޒީރުކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު