އުތުރު ތިލަފަޅު ތަރައްގީ ކުރަން އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުމަކީ ޑިފެންސް މިނިސްޓަރަކަށް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ހުންނެވި ދުވަސްވަރު ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެެވެ.
ދުންޔާ މިހެން ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީ ކުރަން އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން ނުވަތަ ޔޫޓީއެފް އެއްބަސްވުމުގައި ސޮއިކުރެއްވީ ކާނަލް ނާޒިމް ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރުމާއި ގުޅިގެންނެެވެ. ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވީ ޔޫޓީއެފް އެއްބަސްވުން ހެދީ ނާޒިމްގެ މިނިސްޓަރު ކަމުގައި ނޫން ކަމަށެވެ. އަދި އެއީ އޭރު ފޮރިން މިނިސްޓަރަކަށް ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ޔަގީން ކޮށްދެއްވާ ކަމެއް ކަމަށް ދުންޔާ ވިދާޅުވިއެެވެ.
ޔޫޓީއެފް އެއްބަސްވުން ހެދީ ނާޒިމްގެ ވަޒީރު ކަމުގެ ދުވަސްވަރުގައި ނޫންކަމަށް ދުންޔާ ވިދާޅުވި ނަމަވެސް އެއެއްބަސްވުން ހެދީ ކޮން ވަޒީރެއްގެ ވަޒީރު ކަމުގައި ކަމެއް ދުންޔާ ވިދާޅެއް ނުވެއެވެ. ނާޒިމް ދިފާޢު ކުރަށްވަން ދުންޔާ މިހާރު މަސައްކަތް ކުރަށްވަމުން ގެންދަވާއިރު ދުންޔާ އަކީ ނާޒިމް އުފައްދަވަން މަސައްކަތް ކުރަށްވާ ޕާޓީއާއި ގުޅިވަޑައިގެން މަސައްކަތް ކުރަށްވާ ބޭފުޅެކެވެ.
"އަދި އެ ސަރުކާރުގައި އަޅުގަނޑުވެސް ނާޒިމްވެސް ރައީސް ޔާމީނުގެ ހުއްދަ ނުނަގައި އެއްވެސް އެގްރިމެންޓެއްގައި ސޮއިކޮށްފައެއް ނޯންނާނެ." ދުންޔާ ވިދާޅުވިއެވެ.
އުތުރު ތިލަފަޅު ތަރައްގީ ކުރަން އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ އަޑީގައި ހުންނެވީ ކާނަލް ނާޒިމް ކަމަށް އިދިކޮޅުން ތުހުމަތުކުރީ ދާދިފަހުން މީޑިޔާއަކުން ގެނެސްދިން ޕްރޮގުރާމެއްގައި ނާޒިމް ރައީސް ޔާމިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަ ތަކާއި ގުޅިގެންނެވެ.
ނާޒިމް ވިދާޅުވީ ރައީސް ޔާމިނާއި އެކީގައި ދުވަހަކުވެސް ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށާއި އެމަނިކުފާނަކީ ކަންނެތް ރައީސެއް ކަމަށެވެ. ޔާމިނަކީ އަލުން ވެރިކަމަށް ގެނައުމަށް "ކުފޫ" ހަމަވާ ބޭފުޅެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެެވެ.
ނާޒިމްގެ ވާހަކަތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުންގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެެވެ.

ރައީސް ޔާމީނުގެ ދައުރުގައި ޚާރިޖީ ވަޒީރުކަން ކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ޔަޤީންވޭ ޔޫ.ޓީ.އެފް އެގްރިމެންޓް ހެދީ ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް ހުންނަވައިގެނެއް ނޫން.!
— Dunya Maumoon (@dunyamaumoon) September 12, 2021
"އަދި އެ ސަރުކާރުގައި އަޅުގަނޑުވެސް ނާޒިމްވެސް ރައީސް ޔާމީނުގެ ހުއްދަ ނުނަގައި އެއްވެސް އެގްރިމެންޓެއްގައި ސޮއިކޮށްފައެއް ނޯންނާނެ." ދުންޔާ ވިދާޅުވިއެވެ.
އުތުރު ތިލަފަޅު ތަރައްގީ ކުރަން އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ އަޑީގައި ހުންނެވީ ކާނަލް ނާޒިމް ކަމަށް އިދިކޮޅުން ތުހުމަތުކުރީ ދާދިފަހުން މީޑިޔާއަކުން ގެނެސްދިން ޕްރޮގުރާމެއްގައި ނާޒިމް ރައީސް ޔާމިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަ ތަކާއި ގުޅިގެންނެވެ.
ނާޒިމް ވިދާޅުވީ ރައީސް ޔާމިނާއި އެކީގައި ދުވަހަކުވެސް ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށާއި އެމަނިކުފާނަކީ ކަންނެތް ރައީސެއް ކަމަށެވެ. ޔާމިނަކީ އަލުން ވެރިކަމަށް ގެނައުމަށް "ކުފޫ" ހަމަވާ ބޭފުޅެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެެވެ.
ނާޒިމްގެ ވާހަކަތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުންގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެެވެ.
ކިޔުންތެރިންގެ ހިޔާލު