ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށް ޖާމިނުވާން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވެފައި މިވަނީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލެއްވުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ ކަފާލާތުގެ ދަށުން ސިޔާސީ އެހެން ފަރާތްތައް ދޫކޮށްލި ފަދައިން ރައީސް ޔާމީން ދޫކޮށްލުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ކުޑަކެކުރިއާއި ބޮޑު ކެކުރީގެ ހަމައަކީ ޤާނޫނުއަސާސީ ދަންނަކަމެއް ނޫންކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށް ޖާމިނުވާން އޭނާ ހުންނެވީ ތައްޔާރަށްކަމަށެވެ.

"ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށް ޖާމިނުވާން އަޅުގަނޑުވެސް ތައްޔާރު. ކަފާލާތުގެ ދަށުން ސިޔާސީ އެހެން ފަރާތްތައް ދޫކޮށްލި ފަދައިން ރައީސް ޔާމީން ދޫކޮށްލުމަށް އިލްތިމާސްކުރަން. ކުޑަކެކުރިއާއި ބޮޑު ކެކުރީގެ ހަމައަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ ދަންނަކަމއް ނޫން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މުޢާމަލާތުގައި މަނީ ލޯންޑަރ ކުރިކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ޑރ. މުހައްމަދު އިބްރާހީމެވެ.

ރައީސް ޔާމީނުގެ ފަރާތުން 2 ހުށައެޅުމެއް ވަނީ ހުށައަޅުއްވާފައެވެ. އެއީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ބަންދުން ދޫކޮށްލުމަށާއި، ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާއި ގުޅޭ 2 ހުށައެޅުމެކެވެ. އޭގެ އިތުރުން މި މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ވަނީ ހުށައަޅުއްވާފައެވެ. މައިގަނޑު ގޮތެއްގައި ރައީސް ޔާމީންގެ ފަރާތުން ހުށައަޅުއްވާފައިވަނީ، ތަޙްޤީޤު މަރުޙަލާގައާއި، ޝަރިޢަތުގެ މަރުޙަލާގައި އިޖުރާޢީ ގޮތުން ހަދާފައިވާ ގޯސްތަކާ ގުޅުން ހުރި ނުކުތާތަކެވެ.



ކިޔުންތެރިންގެ ހިޔާލު