މިދިޔަ އޮގަސްޓުމަހު މީރާއަށް އާމްދަނީގެ ގޮތުގައި ބަލައިގެންފައިވަނީ 1.27 ބިލިއަން ރުފިޔާކަމަށް މީރާއިން ހާމަކޮށްފިއެވެ.
މިދިޔަ އޮގަސްޓުމަހު މީރާއަށް އާމްދަނީގެ ގޮތުގައި 1.27 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 25.4 އިންސައްތަ ދަށް އަދަދެކެވެ. އަދި، އޮގަސްޓު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 3.0 އިންސައްތަ ދަށް އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮގަސްޓު 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އޮގަސްޓު 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ހާލަތެވެ. މިގޮތުން، 2020 ވަނަ އަހަރު ވިޔަފާރިތަކަށް ލިބިފައިވާ އާމްދަނީ ދަށްވެފައިވުމުން އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. މީގެ އިތުރުން، 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގައި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ އޮގަސްޓު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ އިތުރު ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެއެވެ. މި ފީ އޮގަސްޓު 2021 ގައި ލިބިފައެއް ނުވެއެވެ.
އޮގަސްޓު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 53.8 އިންސައްތަ ނުވަތަ 685.41 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 24.0 އިންސައްތަ ނުވަތަ 305.27 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 75.62 މިލިއަން ރުފިޔާ (%5.9)، ވޯކް ޕަރމިޓް ފީގެ ގޮތުގައި 40.18 މިލިއަން ރުފިޔާ (%3.2)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 33.81 މިލިއަން ރުފިޔާ (%2.7) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 133.42 މިލިއަން ރުފިޔާ (%10.5) މީގެތެރޭގައި ހިމެނެއެވެ.
އޮގަސްޓު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 36.92 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

Monthly revenue collection for August 2021 has been published. To read it please click: https://t.co/J5EMoU4wFk pic.twitter.com/RnDh1B2pEv
— Maldives Inland Revenue Authority (@MIRAmaldives) September 13, 2021
އޮގަސްޓު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 53.8 އިންސައްތަ ނުވަތަ 685.41 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 24.0 އިންސައްތަ ނުވަތަ 305.27 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 75.62 މިލިއަން ރުފިޔާ (%5.9)، ވޯކް ޕަރމިޓް ފީގެ ގޮތުގައި 40.18 މިލިއަން ރުފިޔާ (%3.2)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 33.81 މިލިއަން ރުފިޔާ (%2.7) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 133.42 މިލިއަން ރުފިޔާ (%10.5) މީގެތެރޭގައި ހިމެނެއެވެ.
އޮގަސްޓު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 36.92 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު