އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިނުވާ ސިޔާސީ މީހަކު އެބަހުރިތޯ ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރ އަދި އދގެ ހާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ސުވާލެއް ކުރިމަތިކުރުވައިފިއެވެ.

ޑރ. ޝަހީދު މިފަދައިން ސުވާލުކުރައްވާފައި މިވަނީ އެމްއެމްޕީއާރުސީގެ ‏ސައްޙަ ލިސްޓު ފެށެނީ މިއަދުގެ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމާ ހަމައިން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވުމާއި ގުޅިގެނެވެ.

މިކަމާއި ގުޅިގެން ޑރ. ޝަހީދު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިނުވާ އެއްވެސް ސިޔާސީ ބޭފުޅެއް ރާއްޖޭގައި އެބަ ހުންނެވިތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިނުވާ އެއްވެސް ސިޔާސީ ބޭފުޅެއް ރާއްޖޭގައި އެބަ ހުންނެވިތޯ؟" ޑރ. ޝަހީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ސިޔާސީ ގިނަ ބަޔަކު ބައިވެރިވެފައިވާކަމަށް މީގެކުރިން ދައުލަތުގެ އެކި އިދާރާތަކުން ނެރެފައިވާ ރިޕޯޓްތަކުގައިވެއެވެ. އެގޮތުން ކުރީގެ މިނިސްޓަރުންނާއި މިހާރުގެ މިނިސްޓަރުންނާއި، ކުރީގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ މެމްބަރުންގެ އިތުރުން ފަނޑިޔާރުންނާއި، ވަކީލުންނާއި، ސަލާމަތީ ޚިދުމަތްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށްވެސް މިފައިސާ ލިބިފައިވާކަމަށް ތަހުޤީޤްތަކަށް ވަނީ ހާމަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު