ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނަށް "ގްރީން ކާޑު" ދޫކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ގްރީން ކާޑަކީ ބެލެނިވެރިންނަކީވެކްސިން ފުރިހަމަކޮށްފައި ތިބި ބައެއްކަން ކަށަވަރު ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފުކުރި ކާޑެކެވެ. މި ކާޑު ޑިޒައިންކޮށް ބެލެނިވެރިންނަށް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ސްކޫލްތަކުންނެވެ.
އެގޮތުން ބެލެނިވެރިންގެ ވެކްސިން ކާޑުތައް ދެއްކުމުން ގްރީން ކާޑު ދޫކުރުމުގެ މަސައްކަތް ސްކޫލްތަކުގައި މިދިޔަ އޯގަސްޓްމަހުގެ ފަހުކޮޅުން ފެށިގެން ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ހުރިހާ ސްކޫލެއްގައި ކާޑު ދޫކުރުމުގެ މަސައްކަތް މިހާރު ނިންމިފައިވާކަމަށްވެސް އެޑިއުކޭޝަން ބުނެއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކޮށްފައި އޮތުމަށްފަހު، ސްކޫލަށް ޙާޒިރުވެގެން ކިޔެވުމުގެ ކަންކަން އަލުން ފަށާފައިވަނީ އޯގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުން އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ފައިޒަރ ވެކްސިން ޖެހުމުގެ މަސައްކަތް މާލެއާއި އަތޮޅުތަކުގައި އޯގަސްޓްމަހުގެ 15 ވަނަ ދުވަހުން ފެށިގެން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު