ޒަހީނުއްދީން ސަޢީދު   13 ސެޕްޓެމްބަރު 2021 - 15:56
މިސަރުކާރުގައި އިންސާނީ ވަގުފާރި ނުހިގާނެ ކަމަށާއި، އެކަން މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެެ.

ފައްޔާޒު މިހެން ވިދާޅުވީ ރާއްޖޭގައި މިވަގުތު އުޅޭ ބަންގްލަދޭޝް މީހުންނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ހޯދުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަޖިލީހަށް ހާޒިރުކުރުމުން މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިންސާނީ ވަގުފާރީގެ މައްސަލަ މީގެ ކުރީގެ ސަރުކާރުތަކުން އޮތީ ބަލަންވާވަރަށް ނުބަލައި ދޫކޮށްލައިފައި ކަަމަށާއި އޭގެ ނާޖައިޒު ފައިދާ އެތައް ބަޔަކު ނަގަމުން ދިޔަ ކަމަށެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެ މަސައްކަތާ އޭނާ ހަވާލުވި ފަހުން ހިއުމަން ޓްރެފިކިންގެ މައްސަލަ ނުހިގާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެހެން ނަމަވެސް ރަނގަޅުކުރަން ޖެހޭ ބައިވަރުކަންކަން އަދިވެސް އެބަހުރި ކަމަށް ފައްޔާޒު ވިދާޅުވިއެެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ހިންގާ ވަގު ވިޔަފާރި ބޮޑަށް ގުޅިފައި އޮންނަނީ ބަނގުލަދޭޝް މީހުންނާ ކަމަށެވެ. އަދި އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާއިން އަންނަ މީހުން އެ މިންވަރަށް އެ ވިޔަފާރި ނުކުރާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

"އަހަރެއްގެ މައްޗަށް ބިލިއަނެއްހާ ރުފިޔާގެ ވިޔަފާރި މަތީގައި އަޅުގަނޑު އިށީނދެގެން މި އިންނަނީ. މިއީ ގާނޫނާ ހިލާފު ހިއުމަން ޓްރެފިކިންގެ ވިޔަފާރި. މައިގަނޑުކޮށް އެކަމުގައި އުޅެނީ ބަނގުލަދޭޝް މީހުން. އެކަމުގައި ހިމެނޭ ދިވެހިން ވެސް. އަދި ސަރުކާރު މުއައްސަސާތަކުގެ މީހުން ވެސް." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒު ވަނީ ބިދޭސީން ގެންނަން މިސަރުކާރުން ދޫކުރި ވޯކްޕާމިޓްގެ ތަފްސީލް ވެސް ހާމަކުރައްވާފައެވެ. ފައްޔާޒު ވިދާޅުވީ 2020 ވަނަ އަހަރު ވޯކް ޕާމިޓް ދޫކުރީ 89 މީހުންނަށް ކަމަށެވެ. އަދި މިއަަހަރު އެންމެ 24 މީހުންނަށް ކަމަށާއި އޭގެ ކުރިން އަހަރަކު 20،000 އެއްހާ މީހުންނަށް އަހަރަކު ވޯކް ޕާޓިން ދޫކުރިކަން ފައްޔާޒު ވަނީ ފާހަގަކުރައްވާފައެެވެ. އެހެންކަމުން މިހާރު ހިއުމަން ޓްރެފިކިން ނުހިނގާ ކަމަށް ފައްޔާޒު ވިދާޅުވިއެެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގައި 281،000 ބިދޭސީން އުޅޭ ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭގެ ތެރޭގައި ބަނގުލަދޭޝްގެ 63،750 މީހުން އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. ބިދޭސީންގެ ރެކޯޑްތައް ބަލަހައްޓަން ކުރިން ބޭނުންކުރި މައިގްރޭޝަން ޑޭޓާ ބޭސްތަކުން ބިދޭސީންގެ ޑޭޓާ ރަނގަޅަށް ބަލަހައްޓައިފައި ނުވާތީ ބިދޭސީންގެ ސީދާ އަދަދު ސާފު ނުކުރެވޭ ކަަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެެވެ.

ޓްރެފިކިން ވޮޗްލިސްޓުގައި ރާއްޖެ ހިމަނައި ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންސް (ޓިޕް) ރިޕޯޓުގެ ޓިއާ ތިނަަކަށް ރާއްޖެ ދަރަޖަ ކުރި ނަމަވެސް މި ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން ޓިއާ ދޭކަށް ރާއްޖޭ ޕްރޮމޯޓްކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޙހހހ

08-Oct-2021

މިއަހަރު އެންމެ 24 މީހުނަށް??



ޓްރެންޑިން