މާލެ ސިޓީ ކައުންސިލަށް ދިމާވާ އިހުތިޞާސްގެ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލަތަކެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ސިޓީ ކައުންސިލުން މަޖިލީހަށް 7 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިހުތިޞާސާއި ގުޅޭ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ނިމިދިޔަ ހަފްތާގައި މަޖިލީހުގެ މާލޭ ދާއިރާތަކަށް ނިސްބަތްވާ މެމްބަރުންނާއި ބައްދަލުކުރެއްވިކަމަށެވެ. އެ ބައްދަލުވުމުގައި ވެސް ސިޓީ ކައުންސިލަށް ދިމާވެފައިވާ އިހުތިޞާސްގެ މައްސަލަ ފާހަގަކުރެވުނު ކަމަށް އީވާ ވިދާޅުވިއެވެ.
މާލޭގެ މޭޔަރަކަށް ހުންނެވީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ، ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުއެވެ. އާ ސިޓީ ކައުންސިލަށް ބައެއް ކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ ޑރ. މުއިއްޒު މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު