އަހުމަދު މަސްނޫމް   13 ސެޕްޓެމްބަރު 2021 - 16:43
މ. އަތަމާ ޕްލާޒާއަށް ފުލުހުން ވަދެ، އެތަނުގެ ކޮންޓްރޯލް އިސްމާއިލް އަބްދުލްލަތީފާއި ހަވާލުކުރުމަށް ހިންގި އަމަލަކީ ޣައިރުޤާނޫނީ އަމަލެއްކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު، ފިރިކަލުން ޖާބިރުގެ ދިފާޢުގައި އަނެއްކާވެސް ނުކުމެ ވަޑައިގެންފިއެވެ.

މ. އަތަމާ ޕްލާޒާއަކީ މީގެ 11 އަހަރު ކުރިން މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ވިއްކާފައިވާ ގެއެއްކަމަށް، ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ވިދާޅުވެއެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުންވެސް ދިޔާނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ނަމަވެސް ދައުލަތުގެ އިދާރާތަކުން ބުނާގޮތުން އަތަމާ ޕްލާޒާގެ ރަޖިސްޓްރީ އޮންނަނީ މަކަރާއި ހީލަތުގެ ކުށުގައި 2019 ވަނަ އަހަރު، އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ، މަލީޝާ ހައްޖު ގްރޫޕުގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ ނަމުގައެވެ. އަދި އޭނާގެ މައްޗަށް ސާބިތުވި ސާބިތު ދަރަނީގެ މައްސަލައެއްގައި އެ ގެ ވިއްކާލަން ކޯޓުން މީގެކުރިން ވަނީ އަންގާފައެވެ. އަދި އެތަން ބެލުމުގެ އިންތިޒާމު ހަމަޖެއްސުމުގައި އިސްމާއިލް އަބްދުއްލަތީފަށް އެއްވެސް ދަތިކަމެއް ދިމާވެ، ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ ނަމަ ފުލުހުން އެތަން ބެލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް ކޯޓު އަމުރެއް ނެރުއްވާފައިވެއެވެ.

ގެއަށް ވަނުމުގެ ފުރުޞަތު އިސްމާއިލް އަބްދުއްލަތީފަށް ނުދިނުމުން ފުލުހުންގެ އެހީތެރިކަމާއެކު އެގެއަށް ވަނީ ވަދެފައެވެ.



ދިޔާނާ ވިދާޅުވީ އެގެއަށް ފުލުހުން ވަނީ ކުރިން އެއްވެސް ނޯޓިހެއް ދިނުމަކާއި ނުލައިކަމަށެވެ. އަދި އެއީ ޣައިރު ޤާނޫނީ އަމަލެއްކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

މިގޭގެ މައްސަލަ ކޯޓުގައި ހިނގަމުންދިޔައިރުވެސް ޖާުބިރުގެ ފަރާތުން މައްސަލައަށް ތަދައްޚުލްވާން ހުށަހެޅިއެވެ. ނަމަވެސް އަތަމާޕްލާޒާއަކީ ޖާބިރުގެ ގެއެެއްކަން ސާބިތުކޮށްދެވޭވަރުގެ އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވުމުން، މައްސަލައަށް ތަދައްޚުލް ލްވުމުގެ ފުރުޞަތުވެސް ޖާބިރަށް ނުލިބުނެވެ.



ކިޔުންތެރިންގެ ހިޔާލު


5

ސަޢީދު

19-Sep-2021

ދިޔާނާދަެްކާވާހަކަގަބޫލުކުރަންދަތިވަނީ އިސްލާމީށަރިއަތައްފުށުއަރާތީވެ ތިންފަތްވަތލރިއެއްގައި ވަރިވެފަތިއްބާ ކައިވެނިރުޖޫއަކުރެވޭބަޔަކު ދެންއޮންނާނީކޮންހަމްއެއް