ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކުރި 19 މައްސަލައެއްގައި 6.8 މިލިއަން ރުފިޔާގެ ބަދަލު ނަގައިދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެެ.
ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ސެޓްލްމެންޓް ކޮމިޓީން އަމިއްލަ ކުންފުންޏަކަށް ބަދަލު ނަގައިދޭން ނިންމާފައި ވަނީ ހަމައެކަނި ނޫމަޑި މައްސަލާގައި ކަމަށެވެ. ދެން ބަދަލު ނަގައިދިނީ ކުރީގެ ސަރުކާރުގައި ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްގެން ހުށަހެޅި މީހުންނަށް ކަމަށާއި އެފަރާތްތަކަށް ބަދަލުގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެެ.
އެމައްސަލަތަކުގެ ތެރޭގައި ހިމެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއާއި ފުލުހުންނާއި ސިފައިންނާއި ކަރެކްޝަނަލް ސާވިސްއާއި ކާޑެއްދޫ އެއާޕޯޓަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތައް ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. ރައީސް އޮފީހުން ބުނީ ސެޓްލްމެންޓް ކޮމިޓީއަށް މި މައްސަލަަތަކުގައި ހުށަހެޅީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ކަމަށެވެ.
"ދައުލަތުން ހުށަހަޅާ އެއްބަސްވި އަދަދަކީ ޝަރުއީ މަރުހަލާ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމުގެ ފުރުސަތު އޮތް މިންވަރަށް ވުރެން ވަރަށް ބޮޑުތަނުން ކުޑަ މިންވަރެކެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނީ ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ނޫމަޑި މައްސަލައިގައި ބޮޑު ބަދަލެއް ނަގައިދޭން ޖެހުނު ކަމަށެވެ. ނޫމަޑި ގެ ފަރާތުން ވަނީ ދެ ޕްރޮޖެކްޓުގެ ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ނަގައިދިނުމަށް އެދިފައެވެ. އެއީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރަން ހައުސިން މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީއަކާއި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރުމަށްޓަކައި ހައުސިން މިނިސްޓްރީއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ މައްސަލަ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި މައްސަލައިގެ އިތުރުން ދެން ހުށަހެޅި އެއްވެސް ކުންފުންޏަކަށް ބަދަލު ނަގައިދީފައި ނުވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ދައުލަތުން ބަދަލު ނަގައިދިނީ އެންމެ ކުންފުންޏަކަށް ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވާއިރު، ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން ކުރިން ވަނީ އަންދާޒާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު