ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތެއްނުކުރަށްވައި ދެ މުސާރަ ނަންގަވާތީ ކުރީގެ މިނިސްޓަރ މަލީހު ޖަމާލު ކަންބޮޑުވެވަޑައިގެންފިއެވެ.
މަލީހު މިއަދު ވިދާޅުވީ އާންމު ރައްޔިތުން ޗުއްޓީ ހަމަވީމާ ނޯޕޭ ލީވްވެސް ނުލިބޭކަމަށެވެ. ނަމަވެސް ރައީސް ނަޝީދު މަސައްކަތް ނުކުރަށްވައި އިނގިރޭސިވިލާތުގައި ހުންނަވަައިގެން ދައުލަތުން ބޮޑު ދެ މުސާރަ ނަންގަވާކަމަށް މަލީހު ވިދާޅުވިއެވެ.
"އާންމު ރައްޔިތުން ޗުއްޓީހަމަވީމަ ނޯޕޭ ލީވްވެސް ނުލިބޭ. ރައީސް ނަޝީދު މަސައްކަތް ނުކޮށް އިގިރޭސިވިލާތު ހުންނަވާ ދައުލަތުން ބޮޑު ދެމުސާރަ އެބަ ނަންގަވާ. ފަރުދަކު ދިރިއުޅެވޭނެގޮތް ނެތިގެން ދައުލަތުން މުސާރަ ދިނުން ޤާނޫނަކު ނޯވޭ. ދައުލަތުގެ އިދާރާތަކުން މިވާހަކަ ނުދައްކާ." މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ ޗުއްޓީ ނަންގަވައިގެން އިނގިރޭސިވިލާތުގައެވެ. އަދި ސަލާމަތީ ކަންކަން ހުރިގޮތުންނާއި ބޭސްފަރުވާގެ ކަންކަން ކުރިއަށްދާތީ މިވަގުތު ރާއްޖެ ވަޑައިނުގެންނެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނެވިނަމަވެސް، މަޖިލިސް މެމްބަރަކަށްވުމުން ލިބިވަޑައިގަންނަވާ 65000 ރުފިޔާއާއި، ކުރީގެ ރައީސަކަށްވުމުން ލިބިވަޑައިގަންނަވާ 175000 ރުފިޔާގެ އިނާޔަތް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ.
މޭ 6ގެ ހަމަލާއަށްފަހު ރައީސް ނަޝީދު ފުރަތަމަ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ އެމަނިކުފާނު މުސާރަ ނަންގަވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު