ދިވެހިރާއްޖޭގެ މިނިވަންކަމަށް ނުރައްކަލެއް ކުރިމަތިވެދާނެކަމެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަފާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ އިންޑިއާއާއެކު ރާއްޖެއިން ގާއިމްކުރާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ އިސްގިލްލާއި މިނިވަންކަން ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް ގައުމުތަކާއި ގުޅުންތައް ބަދަހިކުރާކަމަށެވެ. އަދި އެކި ގައުމުތަކުން ލޯނުތައްވެސް ހޯދާކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމަށް ނުރައްކަލެއް ކުރިމަތިވެދާނެކަމެއް ކުރެއްވިކަމުގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އަދި ގާނޫނުއަސާސީގައިވާ ގޮތުން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފާނެ އެއްވެސް އެއްބަސްވުމެއް ގާއިމްނުކުރެވޭނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެފަދަ އެއްބަސްވުމެއް ގާއިމްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް.. އެފަދަ ހާލަތެއް ނެތް. އެފަދަ ކަމެއް ކުރާނެކަމަށް އެއްވެސް ވަރަަކަށް ގަބޫލެއް ނުކުރަން." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އަބަދުވެސް އިދިކޮޅުގައި ތިބޭ ފަރާތްތަކުން ތާއީދު ހޯދުމަށް ތަފާތު ވާހަކަތައް ދައްކާނެކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުޅޭ މީހުންގެ ތެރެއިން ތެދު ބަހުން ވާހަކަދައްކަނީ މަދު މީހެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު