ހުޅުމާލެ ޖަލުގައި 3 (ތިން) އަހަރުގެެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުޙައްމަދު އަސްލަމް (40 އަހަރު) މިރޭ ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން ބުނީ، މިރޭ ގާތްގަނޑަކަށް 6:00 ހާއިރު އަސްލަމް ހުޅުމާލޭ ޖަލުގެ ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން ވަނީ އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ. އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ މިރޭ 20:23 ގައި ނިޔާވެފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
މުޙައްމަދު އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުންދިޔަ ފަރާތެކެވެ. އަދި ނިޔާވިއިރު މީނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫންކަމަށް ފާހަގަކުރަމެވެ.
މުޙައްމަދު އަސްލަމް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެ ސަރވިސްއިން ވަނީ ވަގުތުން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައެވެ.
އެ މައްޔިތާގެ ޖަނާޒާގެ ކަންތައްތައް ޢާއިލާއާ ގުޅިގެން ކުރިއަށް އެބަގެންދާ ކަމަށް ކަރެންޝަންސުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު