ރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކަށް ހަރަދުކުަރަނީ ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީގެ ނިޒާމްގެ ދެމެހެއްޓުމަށްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ، ޑީއާރުޕީގައި ހުންނެވިއިރު އެމްޑީޕީއަށްވެސް ހަރަދުކޮށްފައިވާނޭކަމަށެވެ. އެގޮތުން އެޕާޓީގެ އޮފީހެއް ހިންގެވުމަށް ކޮންމެ މަހަކަު 50 ހާސް ރުފިޔާ މީގެކުރިން ދެއްވަމުންދިޔަކަން ގާސިމް ފާހަގަކުރެއްވިއެވެ. އަދި ޑީއާރުޕީގައި ހުންނެވިއިރު އެމްޑީޕީގެ ކޮންގްރެސް އާއި އެމްޑީޕީއަށް މީހުން ވެއްދުމަށް ވެސް ބޮޑެތި ހަރަދުތަކެއް ކުރެއްވިކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އެ މީހުން (އެމްޑީޕީން) ފުރަތަމަ ބޭއްވި ގައުމީ ކޮންފަރެންސް ބާއްވަން ތިން ލައްކަ ރުފިޔާ ދިނިން. މިއީ ހަމަ ހައްގު ތެދު. އޮފްކޯޒް ޑީއާރުޕީއަށް މިލިއަނުން ހަރަދުކޮށްފައި ހުންނާނެ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭރު އެމްޑީޕީއަށް ހަރަދުކުރެއްވީ ޑިމޮކްރަސީ ދަމަހައްޓައި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިދިކޮޅު ފަރާތްތަކުގެ އަޑު އުފުލޭނެ ގޮތެއް އޮތުމަށް ބޭނުންފުޅުވާތީ ކަމަށެވެ. އަދި އެމަނިކުފާނަކީ އިދިކޮޅު ފަރާތްތައް "ފުނޑާލަން" މަސައްކަތް ކުރާނެ ފަރާތެއް ނޫންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމްގައި ތިއްބެވީ އެމަނިކުފާނާއި ވަރަށް ގާތް ބޭފުޅުން ކަމަށެވެ. ނަމަވެސް އެޕާޓީތަކާއި ގުޅިވަޑައިގަތުމުގެ ވިސްނުން ނެތީ، އެމްޑީޕީއާއި ޕީޕީއެމްގެ ލީޑަރުންނާއި މެދު ސިޔާސީގޮތުން ހިޔާލު ތަފާތުވާ ކަންތައްތަކެއް ހުރުމުންކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެފަދަ ހިޔާލު ތަފާތުވުންތަކާއެކު ޕާޓީއެއްގެ ތެރޭގައި މަސައްކަތް ކުރުމަށް ދަތިވެ، މައްސަލަތައް އުފެދި، ޕާޓީއަށް ގެއްލުންވާނޭކަން ގާސިމް ފާހަގަކުރެއްވިއެވެ.

މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރަށްވާ ގާސިމް އިބްރާހީމަކީ ބޮޑުވަޒީރުކަމަށް ވަރަށް ގާބިލު ބޭފުޅެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން "ރަސް އޮންލައިން" އާއި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ނަޝީދާއި އެމްޑީޕީން އެމަނިކުފާނަށް އެއްވެސް މަގާމެއް ދިނުމާމެދު އިހުލާސްތެރި ނިޔަތެއްގައި ވާހަކަ ނުދައްކާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ ރާއްޖޭގައި ޒަމާނީ ޑިމޮކްރެސީގެ ނިޒާމު ގާއިމު ކުރުމަށާއި އެމްޑީޕީ އުފައްދައި ކުރިއެރުވުމުގައި އިހުލާސްތެރި މަސައްކަތް ތަކެއް ކުރެއްވި ބޭފުޅެއްކަން ރައީސް ނަޝީދަށާއި އޭރު އިސްލާހީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހީމަކީ މިހާރު އަމަލުކުރަމުން ގެންދާ ގާނޫނުއަސާސީ އެކުލަވާލާ ފާސްކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރަށްވައި އަދި ރާއްޖޭގެ ފިނޭންސް މިނިސްޓަރުކަން ކުރަށްވާ ރާއްޖޭގެ މާލީ ނިޒާމު މިނިވަންކަމާއެކު ހިންގެވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


7

އަބްދޫ

19-Sep-2021

މި ގައުމަށް ޖެހުނު ހުރިހާ އަފާތަކާ މުސީބާތެއް ޖެއްސި މީހަކީ ތިޔަ ގާސިމް. ގައުމަށް އިހުލާސްތެރިކަމެއްހުރިނަމަ ނަސީދު ވެރިކަމަށް ގެންނަން ތާއީދުކޮށް މައުމޫނު ކަޓުވާނުލީސް. އޭރުވެސް ނަސިދުގަ ލަދިނީ ހާލަތު ގާސިމަށް ރަނގަލަށް އެގޭ. މައުމޫނު އާއި އިލްޔާސް އެންދެރިމާގޭގަ ބަހައްޓައިގެން މުއްސަނދި ކޮށްދިން ފަގީރު ކޮއި މައުމޫނު ބޮލުގަ ފައިންޖަހާފަ ލާދީ ކޮޅު ނެންގެވީ ގައުމަށް އިހްލާސްތެރިކަމެއް އޮތީމަތޯ?


-9

އަބްދޫ

19-Sep-2021

މި ގައުމަށް ޖެހުނު ހުރިހާ އަފާތަކާ މުސީބާތެއް ޖެއްސި މީހަކީ ތިޔަ ގާސިމް. ގައުމަށް އިހުލާސްތެރިކަމެއްހުރިނަމަ ނަސީދު ވެރިކަމަށް ގެންނަން ތާއީދުކޮށް މައުމޫނު ކަޓުވާނުލީސް. އޭރުވެސް ނަސިދުގަ ލަދިނީ ހާލަތު ގާސިމަށް ރަނގަލަށް އެގޭ. މައުމޫނު އާއި އިލްޔާސް އެންދެރިމާގޭގަ ބަހައްޓައިގެން މުއްސަނދި ކޮށްދިން ފަގީރު ކޮއި މައުމޫނު ބޮލުގަ ފައިންޖަހާފަ ލާދީ ކޮޅު ނެންގެވީ ގައުމަށް އިހްލާސްތެރިކަމެއް އޮތީމަތޯ?



ޓްރެންޑިން