3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ހުޅުމާލެ ޖަލުގައި ހުއްޓާ މަރުވި ގދ. ވާދޫ، ޖަނަވަރީގެ މުހައްމަދު އަސްލަމަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން ބުނެފިއެވެެ.
ކަރެކްޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަސްލަމަށް އަނިޔާ ކޮށްފައި ވާކަމަށް ބުނެ އާއިލާއާއި ހަވާލަދީ ފަތުރާ ހަބަރަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. ކަރެކްޝަނުން ބުނީ، އިއްޔެ އިރުއޮއްސި 6 ޖެހި އިރު އަސްލަމް ޔާޑު ސަރަހައްދުގައި އިށީނދެ އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން 08 މިނެޓުތެރޭގައި އިމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި ކަމަށެވެ. އަދި 6:30 ގައި އާއިލާއަށް ގުޅަން މަސައްކަތް ކޮށްފައިވާ ކަމަށާއި، ގުޅިފައި ވަނީ 6:42 ގައި ކަމަށް ބަޔާނުގައިވެއެވެ. އަސްލަމަކީ އެއްވެސް ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުން ދިޔަ މީހެއް ނޫން ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.
އަސްލަމްގެ ބޮލަށް ގެއްލުން ލިބިފައި ވަނީ އޭނާ އިށީނދެ އިންދާ ވެއްޓުމާ ގުޅިގެން ކަމަށާއި، އެ މަންޒަރު ހުޅުމާލެ ޖަލުގެ ސީސީޓީވީ ފުޓޭޖުން ސާފުކޮށް ފެންނަ ކަމަށް ބަޔާނުގައި ފާހަަގަކޮށްފައިވެއެެވެ. ހަމައެހެންމެ ހުޅުމާލެ ހޮސްޕިޓަލުން އަސްލަމަށް ފަރުވާދިނުމަށް ފަހު، އޭނާ މަރުވެފައިވާ ކަމަށް އަންގާފައި ވަނީ ރޭ 8:23 ގައި ކަމަށާއި، މަރުގެ ސެޓްފިކެޓްގައި މަރުގެ ސަބަބު ދެނެގަނެފައި ނުވާކަމަށް ކަރެކްޝަނުން ހާމަކުރެއެެވެ. އަދި އޭނާ ނިޔާވެފައިވާ ވަގުތަކީ 6:55 ކަމަށް ބަޔާންކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.
އަދި މި ހާދިސާއާ ގުޅިގެން އެ ސާވިސުން އިސްވެ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ރޭ އަންގާފައިވާނެ ކަމަށާއި އެ ފަރާތްތަކުން ހޯދުމަށް އެދޭ އެންމެހާ މައުލޫމާތު ފޯރުކޮށްދެމުން ދާ ކަމަށްވެސް ކަރެކްޝަންސްގެ ބަޔާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ސީީސީޓީވީ ފޫޓޭޖާއި، ޖަލު އޮފިސަރުން އަދި ގައިދީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާދިސާ ހިނގާދިޔަ ގޮތުގެ ޓައިމްލައިނެއް ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މަރުވި އިރު އަސްލަމުގެ އުމުރަކީ 40 އަހަރެވެ.

ރޭ އިރާކޮޅު ހުޅުމާލޭ ޖަލުގައި ޤައިދީއަކު ނިޔާވުމާ ގުޅިގެން އިންޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސް ގެންދަވަނީ އެމައްސަލަ ތަހުޤީޤުކުރައްވަމުން. ސީީސީޓީވީ ފޫޓޭޖް، ޖަލު އޮފިސަރުން އަދި ޤައިދީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާދިސާ ހިނގާދިޔަގޮތުގެ ޓައިމްލައިން👇 pic.twitter.com/am15DJ4Ogn
— Home Ministry, MV (@HomeMinistrymv) September 14, 2021
އަދި މި ހާދިސާއާ ގުޅިގެން އެ ސާވިސުން އިސްވެ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ރޭ އަންގާފައިވާނެ ކަމަށާއި އެ ފަރާތްތަކުން ހޯދުމަށް އެދޭ އެންމެހާ މައުލޫމާތު ފޯރުކޮށްދެމުން ދާ ކަމަށްވެސް ކަރެކްޝަންސްގެ ބަޔާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ސީީސީޓީވީ ފޫޓޭޖާއި، ޖަލު އޮފިސަރުން އަދި ގައިދީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާދިސާ ހިނގާދިޔަ ގޮތުގެ ޓައިމްލައިނެއް ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މަރުވި އިރު އަސްލަމުގެ އުމުރަކީ 40 އަހަރެވެ.
ކިޔުންތެރިންގެ ހިޔާލު