ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު (ޖޭފޯ) ކާނަލް ނާޒިމް އިސްކޮށް ހުންންވައިގެން އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިވަޑައިނުގަތުމަށް ނިއްމައި އެޕާޓީއާއި ފެއަށް ވަޑައިގެންފިއެެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު (ޖޭފޯ) އެމްއެންޕީއާ ގުޅިވަޑައިނުގަތުމަށް ނިއްމެވިކަން ހާމަކުރެއްވީ ރާއްޖޭގެ މީޑިޔާއަކުން މިރޭ ގެނެސްދިން ޕޮރޮގުރާމެއްގައި ވާހަކަ ދައްކަަވަމުންނެވެ.
އަމިއްލަ ގޮތުން ގޮނޑި ކާމިޔާބު ކުރެއްވި ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލްމުހުސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު، މޮސްޓާ ވިދާޅުވީ މަޖިލީހަށް އައީ ވަކި މީހެއްގެ ފޮޓޯ ވިއްކައިގެން ނޫން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ތިބެން ބޭނުންވަނީ އެގޮތުގައި ކަމަށް އެ ދެބޭފުޅުން ވިދާޅުވިއެވެެ. އެމްއެންޕީ އާ އެކު ކުރަމުން ދިޔަ މަސައްކަތް މިހާ ހިސާބުން ހުއްޓާލާފައިވާކަން ޖޭފޯއާއި މޮސްޓާ ވަނީ އިއުލާން ކުރައްވާފައެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު މޮސްޓާ ވިދާޅުވީ އޭނާ މީގެ ކުރިން ހުންނެވީ ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ކަމަށާއި، އެޕާޓީން ވަކިވާން މިހާރު ސިޓީ ހުށައަޅުއްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާތަގައި ފެންނާނީ މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު