އަހުމަދު މަސްނޫމް   15 ސެޕްޓެމްބަރު 2021 - 14:46
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފަވަނީ ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ. އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން 12:00ގެ ނިޔަލަށެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކޮށް އަދި ބައެއް ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އާންމުކޮށް ވައިގެ ބާރުމިން އުޅޭނީ 8 މޭލާއި 18 މޭލާ ދެމެދުގައި ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވައިގަދަވުމާ ގުޅިގެން ކަނޑުގެ ރާޅުގެ އުސްމިން އުޅޭނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.



މުސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މޫސުމާބެހޭ ފުރިހަމަ މަޢުލޫމާތު ހޯދައިގެން ދަތުރަށް ނުކުތުމާއި، އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ވަސީލަތްތައް ހަމަކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް ދެތިން ދުވަހުވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން