ޖާންވީ ކަޕޫރް ބައްޕަ އަދި ކޮށްކޮ ޚުށީ ކަޕޫރް އާއެކު.
ޖާންވީ ކަޕޫރް ބައްޕަ އަދި ކޮށްކޮ ޚުށީ ކަޕޫރް އާއެކު.
ބޮލީވުޑްގައި ކުރިއަރަމުން އަންނަ މަޝްހޫރު ފިލްމީ ތަރި ޖާންވީ ކަޕޫރް އަދި އޭނާގެ އާއިލާއަށް ޔޫއޭއީގެ ފަރާތުން 10 އަހަރުގެ ރަން ވިސާއެއް ހަދިޔާކޮށްފިއެވެ.

މިކަން ޔަގީންކޮށްދީ ޖާންވީގެ ބައްޕަ، އަދި އިންޑިއާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ބޯނީ ކަޕޫރް ވަނީ މީސްމީޑިއާގައި އެކަން ހިއްސާކޮށްފައެވެ. އަދި 10 އަހަރު ދުވަހުގެ ވިސާއެއް ލިބުމުން އެކަމަށް ޝުކުރު އަދާކޮށް، ޑުބާއި އަދި ޔޫއޭއީ އަކީ ޗުއްޓީ ހޭދަކޮށްލަން އެންމެ ރަނގަޅު މަންޒިލް ކަމަށް ބޯނީ ކަޕޫރް ބުނެފައިވެއެވެ.

ޔޫއޭއީއަކީ ބޮލީވުޑްގެ ގިނަ ހަފްލާތަކެއް ބޭއްވުމުގެ އިތުރުން، ގިނަ ތަރިންތަކެއް ޗުއްޓީ ހޭދަކޮށްލުމަށްވެސް ދާ މަންޒިލެކެވެ. އަދި ޔޫއޭއީގެ 10 އަހަރު ދުވަހުގެ ރަންވިސާ ލިބިފައިވާ ބޮލީވުޑްގެ ތަރިން މަދެއްވެސް ނޫނެވެ.

ނަމަވެސް ޔޫއޭއީ އަކީ ޖާންވީގެ އާއިލާއަށް ހާއްސަ މަންޒިލެކެވެ. ހާއްސަ ގޮތެއްގައި ޖާންވީގެ މަންމަގެ އެންމެ ފަހުގެ ހަނދާންތައްވެސް ގުޅިފައިވަނީ ޔޫއޭއީ އާއެވެ.

ޖާންވީގެ މަންމަ، އަދި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސްރީދޭވީ މިދުނިޔެ ދޫކޮށްފައިވަނީ ޔޫއޭއީގައެވެ. ސްރީ ދޭވީ މަރުވެފައި އޮއްވާ ފެނިފައިވަނީ، 2018 ވަނަ އަހަރު ޑުބާއީގައި އޭނާ ހުރި ކޮޓަރީގެ ފާހާނަައިގެ ބިލިގާ ތެރެއިންނެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްރީ ދޭވީ މަރުވެފައިވަނީ ހިތް ހުއްޓިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން