ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން އަންނަ އާދީއްތަ ދުވަހު ކަޅުހެދުމުގައި ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަން ނުކުތުމަށް ސިވިލް ސާވަންޓްސް އެސޯސިއޭޝަންގެ ނަމުގައި މީސް މީޑިއާގައި ގޮވާލަމުން އެބަދެއެވެ.
ސިވިލް ސާވަންޓްސް އެސޯސިއޭޝަންގެ ނަމުގައި މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓް ތަކެއްގައި ބުނެފައިވަނީ، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައިސްފައި ނުވާތީ މަދަނީ ބަސްނޭހުމެއްގެ ގޮތުގައި އާދީއްތަ ދުވަހު ކަޅު ހެދުމުގައި އެންމެން ވަޒީފާއަށް ނުކުތުމަށް އެދޭ ކަމަށެވެ.
އަދި މިއީ ސިވިލް ސަރވިސް މުވައްޒަފުންގެ އަޑު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އިއްވުމަށް ހިންގާ ޙަރަކާތެއް ކަމަށާއި، މިކަމުގައި ވީހާވެސް ގިނަ މުވައްޒަފުން ބައިވެރިވުމަށް އެ ޕޯސްޓްތަކުގައި ގޮވާލާފައިވެއެވެ. ކާކުކަން ނޭނގޭ އެ ޖަމިއްޔާގެ އޮފިޝަލެއްގެ ނަމުގައި ބައެއް މީޑިއާތަކަށް ވެސް މީހަކު އެމައުލޫމާތު ހިއްސާކޮށްފައި ވެއެވެ.
ރާއްޖޭގައި ސިވިލް ސާވަންޓުންގެ ގޮތުގައި 26،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. އާދީއްތަ ދުވަހު ސިވިލް ސަރވަންޓުން މަދަނީ ބަސްނޭހުމަކަށް ނުކުތުމަށް އަމިއްލަ ޖަމިއްޔާއަކުން ގޮވާލަމުންދާއިރު މިކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު