އައްޑޫސިޓީގެ ކަރަންޓީން ފެސިލިޓީއަށް ލީ ބަޔަކު ފިލައިގެން ދިޔަ ވާހަކައެއް ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންވާނީ އައްސަސަވާފައެވެ. އެއީ މާދުރުގެ މާޒީއެއް ނޫނެވެ. އައްޑޫ ސިޓީގެ ކަރަންޓީން ފެސިލިޓީގައި ތިބި ފަސް މީހަކު ފިލިކަމަށްވަނީ އެދުވަހުގެ އިރުއޮއްސުނު ވަގުތުގައެވެ. އެއީ ފަސް ދިވެހީންނެވެ. ހަމަ އެސަރަހައްދަށް ނިސްބަތްވާ ބައެކެވެ. އެބަޔަކު ފިލައިގެން އަދި އެދާންއުޅޭ ތާކަށް ނުދެވެނީސް މިގައުމުގެ ހުރިހާ މީޑިއާއެއްގެ ފަލަ ސުރުހީތަކަށް އެމައްސަލަ ތިލަވެއްޖެއެވެ. އިސާހިތަކު ފުލުހުންވެސް އެކަން ކަށަވަރުކޮށްދީފިއެވެ. އޭރު މުޅި ސޯޝަލް މީޑިއާގައި އެމީހުންގެ މައުލޫމާތު ފޮޓޯއާއެކު ދައުރުވަނީއެވެ.
މިދަންނަވާ ހާދިސާއާއި ގުޅިގެން މިހުރިހާ ކަމެއް ހިނގާ ދިޔައީ ހަމަ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މީގެ ސަބަބުން އޭގެ ތެރެއިން ތިން މީހަކު ހަމަ އެރެއިން އެރެއަށް ހޯދައި ހައްޔަރުވެސް ކޮށްފިއެވެ. މިކަމާއި ގުޅިގެން ވަރަށް ބޮޑެތި ބޭފުޅުންވެސް ނަސޭަހަތުގެ ބަސްފުޅުތައް ވިދާޅުވެ ހެއްދެވިއެވެ. ޖެހިގެން އައި ރޭގައި އޮތް މަބްރޫކްގެ ނޫސްކޮންފަރެންސްގައިވެސް އެވާހަކަ ދައްކަވައިފިއެވެ. އަދި އެމީހުންގެ އެ ނުބައި އަމަލުގެ ހައްގު އަދަބު ދިނުމަށްވެސް މަސައްކަތް ފަށައިފިއެވެ.
މީގެއިތުރުން މީހަކު ކަރަންޓީނަށް ދާން ދެކޮޅު ހެދިޔަސް އަދި ކޯވިޑް އޮނަވިއްސަށް ޓެސްޓް ކުރަން ސާމްޕަލް ނެގުމާއި ދެކޮޅު ހެދިއަސް ވަގުތުން ކޯޓު އަމުރެއް ހޯދައިގެން އޭނާ ހަންމަތަކޮށް ހަމަ މަގަށް އަޅުވައެވެ. ކޮންޓެކްޓް ޓްރޭސިންގައި އެއްބާރުލުން ނުދިނަސް އޮތީ ހަމަ މިފަދަ ހަރުކަށި އުސޫލުތަކެކެވެ. މައުލޫމާތު ނުދޭ މީހާއާއި ޑިރެކްޓަރ ޖެނެރަލްގެ އެންގުންތަކާ ޚިލާފުވާ ހަމަ ހުރިހާ ފަރާތްތަކަށް ވެސް އެކި މިންވަރުގެ އަދަބުތައް ދެމުން ގެންދެއެވެ. އަދި އެއްބާރުލުން ނުދޭ މީހާގެ މައުލޫމާތު އާންމުކުރުމަކަށް ވެސް ހުރަހެއް ނެތެވެ. ގާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އެބާރުތައް އޮތީ ދީފައެވެ. އަދި އެފަދަ ހާލަތްތަކުގައި ޒާތީ މައުލޫމާތު އާންމު ކުރާނެ ގޮތުގެ ގަވާޢިދުވެސް މިހާރު ވަނީ އާންމުކޮށްފައެވެ. އެހެން ވީމާ މިދެންނެވި ފިލި ދިވެހިންނާއި މެދުވެސް އެގޮތަށް އަމަލު ކުރާކަށް އެއްވެސް ހުރަހެއް ނެތެވެ.
މިހެން މިކަން ދިމާވެފައި އޮއްވާ ރޭގައި އަނެއްކާވެސް މަބްރޫކްގެ އެފާޑެއްގެ ވާހަކައެއް ދައްކަވައިފިއެވެ. އެކަމަކު މިފަހަރު ކަން ވެފައި އޮތީ ދެންމެ މިދެންނެވި ފިލި ފަސް ދިވެހީންނާއިމެދު ކަންތައް ވީގޮތާއި މުޅިން ޚިލާފަށެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ލިޔެފައިވާ ލިޔުންތަކަށް ބަލާއިރު މިފަހަރު ފިލީކީ ނޫނެވެ. ހަމަ ފިއްލެވީއެވެ. ބަނގްލަދޭޝްގެ ހަތް ބޭފުޅެކެވެ. ފިއްލެވި ވާހަކަ މިފަހަރު އިޢުލާން ކުރެއްވީވެސް އެބޭފުޅުން ފިއްލެވިތާ ހަތް ދުވަސް ފަހުންނެވެ.
މިއަޑު އަހާފައި ސޯޝަލް މީޑިއާގައި ކޮމެންޓްކުރި ބައެއް މީހުން ބުނީ ނޫސްކޮންފަރެންސްގައި އެވާހަ ދެއްކީވެސް ސޯޝަލް މީޑިއާގައި އެވާހަކަ ކޮންމެވެސް ވަރަކަށް ދައުރުވާން ފެށުމުން އެހެން ގޮތެއް ނެތިގެން ކަމަށެވެ. އަޅުގަނޑުމެން އެހެނެއް ނުދަންނަވާނަމެވެ. އަޅުގަނޑުމެން އެފަދަ އެއްޗެއް ލިޔެފިއްޔާ މީޑިއާތަކުގެ ހިމާޔަތުގައި އެއޮންނަ ފާޑެއްގެ ކައުންސިލަކުން އަޅުގަނޑުމެން ކުށްވެރިކޮށް ޓްވީޓްކޮށް ބަޔާންނެރެ ސިޓީ ފޮނުވައި މަޢާފަށް އެދެން ވެސް އަންގާނެއެވެ. އަދި އެތާ ތިއްބަވާ ބޭބޭފުޅުން ހިތްޕުޅާ ނުވާ ގޮތަކަށް އޮތް ހެޑްލައިނެއް ކަމަށްވަންޏާ އެވެސް ބަދަލު ކުރަން އަންގަވާނެއެވެ. މިއީ ހަމަ މީޑިއާގެ މިނިވަންކަން އޮތް މިންވަރެވެ. އެވާހަކަ ދައްކާނެ މީހަކު ނެތީމާ އެބަޔަކު ނުރުހޭ އެއްޗެއް ކޮށާ ކުދިކޮށްލަން ވީތާއެވެ.
މިދެންނެވި ހަތް ބޭފުޅުން ސާމްޕަލް ދީފައި ޕޮޒިޓިވް ވެގެން ހޯދަން ބަލައިލިއިރު ފިއްލަވައިގެން އެވަޑައިގެންނެވި ތާކަށް ވަޑައިގެންފިއެވެ. ފިއްލެވީ ކޮންތާކު ތިއްބަވާފައި ކަމެއްވެސް ސާފެއް ނުވެއެވެ. ކޮންމެވެސް ސައިޓެއްގައި ތިއްބެވި ވާހަކައެއް އަޑުއިވުނެވެ. އެބޭފުޅުން ދިރިއުޅުއްވާ ގިނަ ތަންތަނުގައި ފާރައަށް ފުލުހުން ވެސް ތިބޭކަމަށް ވެއެވެ. މިދެންނެވީ ސަރުކާރުގެ ކަމާބެހޭ ފަރާތުން އަންގަވައިގެން އެބޭފުޅުން ދިރިއުޅުއްވާ ތަންތަން ބަލަހައްޓަވާ ވާހަކައެވެ.
ދެން މިދެންނެވި ބަލި ހިއްޕަވައިގެން ފިއްލެވި ހަތް ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ހޯއްދަވައިގެން ގެނައި ވާހަކައެއްވެސް ރޭގައި ވިދާޅުވިއެވެ. އެކަމަކު މިހުރިހާ ދުވަހަކު އެ ނުރައްކާތެރި ބަލި ހިއްޕަވައިގެން އެބޭފުޅުން ކޮންމެވެސް ތާކު އުޅުއްވާނެ ތާއެވެ. ފަހަރެއްގައި އެބޭފުޅުންނަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން އެއީ މާބޮޑު މައްސަލައަކަށްވެސް ނުވަނީ ތޯއްޗެކެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ ބައްޔަށް ޕޮޒިޓިވް ވެފައި ތިބި ބޭފުޅުން ކޮޅެއް ފިއްލަވައިގެން އުޅުއްވާތާ ހަފުތާއެއް ވީއިރުވެސް އެބަޔަކު ނުފެނި ވީނުވީއެއް ނޭނގޭއިރުވެސް ނުވަތަ އެބުނާ ބޭފުޅުން ކޮޅެއް ފިއްލެވިތާ ހަފުތާއެއް ވީއިރުވެސް އެބޭފުޅުންނާ ބެހޭ އެއްވެސް މައުލޫމާތެއް ބަޔަކަށް ނޭގި އޮތުމެވެ. އެބޭފުޅުން ތިއްބެވީ ކޮންމެ ތާކު ކަމުގައި ވިޔަސް މިގައުމުގެ ޞިއްޙީ ތަޖުރިބާކާރުންގެ ވާހަކަ ތަކަށްބަލާއިރު އެބޭފުޅުންނާ ދިމާވާ ހަމަ ކޮންމެ މީހަކީ ބަލީގެ ހައިރިސްކް މީހެކެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ކޯވިޑް އޮނަވިހި ޖެހުމުގެ ވަރަށް ފަހި ފުރުސަތެއް ހުޅުވިފައިއޮތް މީހެކެވެ.
އެބޭފުޅުން ފިހާރަތަކަށް ވަޑައިގަންނަވައެވެ. އެކި ތަންތަނުގައި މަސައްކަތް ކުރައްވާންވެސް އުޅުއްވައެވެ. މަގުމަތީގައި ނުކުމެ އުޅުއްވާތަން ނުފެނުނަސް އެބޭފުޅުން ނުކުމެ އުޅުއްވައެވެ. އެބޭފުޅުންނަކަށް ހުއްދައެއްވެސް ބޭނުމެއް ނުވެއެވެ. މިހެން މިދެންނެވީ އެކަން އެނގޭތީއެވެ.
އަޅުގަނޑުގެ ވަރަށް ގާތް ގެއެއްގައި ހަމަ ރަނގަޅަށް އުޅުއްވާ އެފަދަ ބޭފުޅަކު ބޭރަށް ވަޑައިގަންނަވާ ގޮތް ދަންނަވައިފިއްޔާ ތިޔަބޭފުޅުންވެސް ހައިރާންވެ އަންތަރީސް ވެވަޑައިގަންނަވާނެއެވެ. މިދަންނަވާ ގޭގައި އުޅުއްވާ ބަނގްލަދޭޝް ބޭފުޅާ ބޭރަށް ވަޑައިގަންނަވަނީ ސީދާ ޕީޕީއީގައެވެ. ފުރަތަމަ ގައިކޮޅަށް ތުރުކުރައްވަނީ ހަމަ އެގޮތަށް ހަދާފައި އޮންނަ ކޯޓު ވައްތަރުގެ ހެދުން ކޮޅެކެވެ. އަންގިވެސް ތުރުކުރައްވައެވެ. ބޮލުގައި ރަބަރު ތޮފި އަޅުއްވައި ދެތިން މާސްކް އަޅުއްވައި ޕްލާސްޓިކް މޫނުމަތި ވެސް އަޅުއްވައެވެ. ދެން ފާޑެއްގެ ގަންބޫޓަކަށް އަރުއްވައިގެން މަގުމައްޗަށް ނުކުމެވަޑައިގެން އެވަޑައިގަންނަވާން ބޭނުންފުޅުތާކަށް ވަޑައިގެންފައި އެނބުރި ވަޑައިގަންނަވަނީއެވެ.
އެހެންވީމާ އެގޮތަށް ފިއްލަވައިގެން ވަޑައިގަންނަވާ މީހުން ވަޑައިގަންނަވާނީ އޭނާގެ ރަހުމަތްތެރިއެއް ނުވަތަ ކޮންމެވެސް ބަޔަލު އުޅޭ ތަނަކަށް ކަމުގައި ބެލެވޭތީ ވޭތުވެދިޔަ ހަތް ދުވަހުގެތެރޭގައި ގިނަ އަދަދެއްގެ ބަޔަކާ އެބޭފުޅުން ބައްދަލުވެ ވަޑައިގެންފައި ހުރުމަކީ ނުވެ ނުދާނެ ކަމެކެވެ. އެހެންވީމާދެން މިއައީ ސުވާލު އުފެދޭ ހިސާބެވެ.
މިފަދަ ނުރައްކަތެރި ހާލަތެއްގައި ބޮޑު ބަލިމަޑުކަމެއްގައި ގައުމު އޮއްވާ ކަރަންޓީނަށް ގެންދާ ބަޔަކު ވިޔަސް އަދި ސާމްޕަލް ނަގައިގެން ޓެސްޓް ހަދާ މަރުހަލާގައި ތިބި ބަޔަކުވިޔަސް ފިލުމަކީ އެއްވެސް ހާލެއްގައި ބަލައި ގަނެވޭނެ ކަމެއް ނޫނެވެ. އެހެނީ މިކަމަކީ ހަމަ ހުރިހާ ފަރުދުންގެ ރައްކާތެރިކަމާއި ސަލާމާތާއި ގުޅިފައި އޮތް ކަމެއް ކަމުގައިވާތީއެވެ. އެކަމަކު މިފަހަރު މިވީ ވަރަށް ދެރަގޮތެކެވެ. ދިވެހި ބަޔަކު ކަރަންޓީނަކުން ފިލީމާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެމީހުންގެ ވާހަކަ މީޑިޔާތަކަށް އަރައިފިއެވެ. އެމީހުން ހޯދަމުންދާ ކަން ކަމާބެހޭ ފަތާތްތަކުން ހާމަކޮށްފިއެވެ. އެކަމަކު މިދަންނަވާ ނުރައްކާތެރި ބައްޔަށް ޕޮޒިޓިވް ވެފައިވާ ބޭފުޅުންކޮޅެއް ފިއްލަވައިގެން އުޅުއްވާތާ ފުރިހަމަ ހަތް ދުވަސް ވެގެން ދިޔައިރުވެސް މީޑިއާތަކަށް އެޚަބަރު ނުދެއްވިތާ އެބުނާ ގާނޫނަކުން ލިބިފައި އޮތް ބާރެއްގެ ބޭނުން ކޮށްގެން އެބޭފުޅުން ހޯއްދެވުމަށްވެސް މައުލޫމާތު ހިއްސާ ނުކުރެއްވިއެވެ. ތަރުޖަމާނަށް މެސެޖްކޮށް ގުޅީމާވެސް ކަހާތަން ހިރުވާވެސް ނުލިއެވެ.
އެހެންވީމާ މިފަހަރު މިއޮތީ އަޅުގަނޑުމެންގެ ރަހުމަތްތެރި ނޫސްވެރިޔާ ލަތީފުބެ އެ ވިދާޅުވާ ގޮތަށް ވެފައެވެ. ދިވެހީން ފިލީއެވެ. އެބޭފުޅުން ފިއްލެވީއެވެ. އެއީ ލަތީފްބެ ލިއުއްވާ ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު