ދައުލަތުގެ އިހުމާލުން "ޗޮކުންދާ" ކޮންމެކަމެއް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް އަޅުވަން މަސައްކަތް ކުރަނީ ފަނޑިޔާރުންގެ ބޮލުގައިކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވެފައި މިވަނީ ޕީޖީގެ އިހުމާލުން ދައުވާކުރަން އޮތް މުއްދަތުގައި ދައުވާކުރުމަށް ފޮނުވާފައިނުވާތީ ރާއްޖޭގައި ހުރި އައި.އެސްގެ ލީޑަރުކަމަށް ބުނާ މީހާ ޖަލުން މިނިވަންވުމުންނެވެ.
ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް ޕާސްޕޯޓް ދޫކޮށްލުމުން ރާއްޖެއިން ބޭރުގައި މިހާރު ހުންނެވި އަލީ ވަހީދު މިކަމާއި ގުޅިގެން ވިދާޅުވީ ވާނުވާ ޖެހުން ނުވަތަ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ނިމުމަކަށް ގެންނާނެ ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިކަމަށާއި ނަމަވެސް އެކަންވެސް ދިޔައީ ވާނުވާއަށްކަމަށެވެ. އަދި ދަޢުލަތުގެ އިޙުމާލުން ޗޮކުންދާ ކޮންމެކަމެއް ޕީޖީ ޝަމީމު އަޅުވަން މަސައްކަތް ކުރަނީ ފަނޑިޔާރުންގެ ބޮލުގައިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ފަނޑިޔާރުންނަށް އަދުލުވެރިކަމާއެކު މަސައްކަތް ކުރެވޭނީ ސިޔާސީ މީހުން ޖޭ.އެސް.ސީން ބޭރުވެގެން ކަމަށެވެ.
ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޙަރަކާތްތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާކަމަށް ދައުލަތުން ތުހުމަތުކުރާ ޏ. ފުވައްމުލަކު މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ކުރާ ދައުވާތައް ބާތިލްކޮށް އޭނާ މިނިވަންކުރުމަށް ހައިކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ. ފުލުހުންގެ ބަންދުގައި ހުރި އަމީން މިނިވަންކުރުމަށް ހައިކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ކުރާ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، މުއްދަތުގެ ތެރޭގައި ކޯޓަށް ހުށަހަޅާފައި ނުވާތީއެވެ.
ޕީޖީ އޮފީހުން ބުނީ ހައި ކޯޓުން އަމީންގެ މައްސަލައިގައި ނިންމާފައިވާ ގޮތާއިމެދު އެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ދެކޭ ކަމަށާއި، އެ ގާނޫނުގެ 1-28 ގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ހައިކޯޓުގެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކެއް ގާނޫނުގައި ކަނޑައެޅުމުގެ މަގުސަދު ގެއްލޭ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ވާނުވާ ޖެހުން ނިމުމަކަށް ގެންނާނެ ކަމަށްވެސް ބުނި. އެކަންވެސް ދިޔައީ ވާނުވާއަށް. ދަޢުލަތުގެ އިޙުމާލުން ޗޮކުންދާ ކޮންމެކަމެއް ޕީޖީ ޝަމީމު އަޅުވަން މަސައްކަތް ކުރަނީ ފަނޑިޔާރުންގެ ބޮލުގައި. ފަނޑިޔާރުންނަށް އަދުލުވެރިކަމާއެކު މަސައްކަތް ކުރެވޭނީ ސިޔާސީމީހުން ޖޭ.އެސް.ސީއިން ބޭރުވީމަ
— Ali Waheed (@ali20waheed) September 17, 2021
ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޙަރަކާތްތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާކަމަށް ދައުލަތުން ތުހުމަތުކުރާ ޏ. ފުވައްމުލަކު މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ކުރާ ދައުވާތައް ބާތިލްކޮށް އޭނާ މިނިވަންކުރުމަށް ހައިކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ. ފުލުހުންގެ ބަންދުގައި ހުރި އަމީން މިނިވަންކުރުމަށް ހައިކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ކުރާ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، މުއްދަތުގެ ތެރޭގައި ކޯޓަށް ހުށަހަޅާފައި ނުވާތީއެވެ.
ޕީޖީ އޮފީހުން ބުނީ ހައި ކޯޓުން އަމީންގެ މައްސަލައިގައި ނިންމާފައިވާ ގޮތާއިމެދު އެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ދެކޭ ކަމަށާއި، އެ ގާނޫނުގެ 1-28 ގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ހައިކޯޓުގެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކެއް ގާނޫނުގައި ކަނޑައެޅުމުގެ މަގުސަދު ގެއްލޭ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު