ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން މިރޭ ވިދާޅުވެއްޖެއެެވެ.

ޝުޖާއު އުސްމާން ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމަށް ބުނާ ވާހަކަ ހެއްކާއެކު އާންމު ކުރަށްވާފައެވެ. ނާޒިމް ބައެއް މައްސަލަތަކުގެ އަދާހަމަ މައުލޫމާތު ހޯދަން މެސެޖުކޮށް އަދި ވަކި މައްސަލައެއް ވަކި ފަނޑިޔާރަކަށް ނުދިނުމަށް އެދި މެސެޖުކޮށްފައިވާކަން ފެންނަ ސްކްރީން ޝޮޓެއް ޝުޖާއު ވަނީ ހާމަކުރައްވާފައެވެ.



ޝުޖާއު އުސްމާން ވިދާޅުވީ ހައިކޯޓުގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާ އެއްބޭފުޅަކީ ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ކަމަށެވެ. ނާޒިމް އަމުރު ކުރައްވަނީ އޭނާ ވަކާލާތުކުރާ މައްސަލަތަކަށް ބައެއް ފަނޑިޔާރުން ބެންޗުގައި ނުހިމަނަން ކަމަށާއި ކޯޓުން އަމަލު ކުރަނީ ވެސް އެގޮތަށް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު އުސްމާނުގެ އެވާހަކަތައް ނާޒިމް ދޮގު ކުރައްވާފައެއް ނުވެއެވެ. އަދި ނާޒިމް ޖަވާބު ދެއްވާފައިވަނީ އެފަދަ ކަންކަން އޭނާ ކުރަށްވާފައިވާކަން ދޭހަވާ ފަދަ މޭރުމަކުންނެވެ. ނާޒިމް ވިދާޅުވީ ގާނޫނީ ނިޒާމްގެ ތެރެއިން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ކުރުން އެއީ ގާނޫނީ ވަކީލެއްގެ ޒިންމާއެއް ކަމަށެވެ. މައްސަލަ ބައްލަވާ ބެންޗް ބަދަލު ކުރަން އެދުނީ އަބަދު އެއްފަނޑިޔާރަކާއި މައްސަލަ ހަވާލުކުރާތީ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މައްސަލަ ބައްލަވާ ޖޭއެސްސީގައި މިހާރު ތިއްބަވާ މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަނީ އެމްޑީޕީއަށެވެ. ޖޭއެސްސީގައި ރައީސް ނަޝީދު ވެސް އިންނަވާއިރު ކޮމިޝަންގެ ރައީސާއަކީ އެމަނިކުފާނުގެ ވަރަށް އަރިސް ޚާއްޞަ ވަކީލެއް ކަމަށްވާ ހިސާން ހުސައިނެވެ. ރައީސް ނަޝީދު އެ ކޮމިޝަންގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން