ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދު ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވްޝޮންގްލޫއާ ބައްދަލުކުރައްވައިފިއެވެ.
އަބްދުﷲ ޝާހިދާއި ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވްޝޮންގްލޫގެ މިބައްދަލުކުރެއްވުން އޮތީ އެމެރިކާގެ ނިއުޔޯކުގައެވެ.
މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ނިމިދިޔަ އދގެ 75 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތު ކާމިޔާބުކަމާއެކު ތުރުކީވިލާތުން ފުރާފައިވާތީ އެކަމަށް މަރުހަބާ ދަންނަވާފައެވެ. އަދި މިނިސްޓަރ ޝާހިދުގެ ދައުރުގައި މަސައްކަތްތައް ކުރިއަށްދާނެ ގޮތާއި ބެހޭ މައުލޫމާތު ތުރުކީގެ ޚާރިޖީ ވަޒީރަށް އެރުވިއެވެ.
އދގެ އާއްމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދު ގެންދަވަނީ އެކި ޤައުމުތަކުގެ ވެރިންނާއި، ސަފީރުންނާއި، އެކި ޖަމާއަތްތަކުގެ ވެރިންނާއި ބައްދަލުކުރައްވަމުންނެވެ. އެގޮތުން ޝާހިދު އިއްޔެ ވަނީ އެލްޑީސީގެ މިނިސްްޓީރިއަލް ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން އދގެ ކާބޯތަކެއްޗާއި ބެހޭ ޖަމުއިއްޔާ، އެފްއޭއޯގެ ޑިރެކްޓަރ ޖެނެެރަލާވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރެއްވިއެވެ.

It was a pleasure to meet Foreign Minister of #Turkey H.E. @MevlutCavusoglu today.
— Abdulla Shahid (@abdulla_shahid) September 17, 2021
As a founding member of the #UN, Turkey is committed to multilateralism. I briefed him on the priorities of the #PresidencyOfHope. Also congratulated him on the successful Presidency of #UNGA75 pic.twitter.com/xIFfKEKbMN
އދގެ އާއްމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދު ގެންދަވަނީ އެކި ޤައުމުތަކުގެ ވެރިންނާއި، ސަފީރުންނާއި، އެކި ޖަމާއަތްތަކުގެ ވެރިންނާއި ބައްދަލުކުރައްވަމުންނެވެ. އެގޮތުން ޝާހިދު އިއްޔެ ވަނީ އެލްޑީސީގެ މިނިސްްޓީރިއަލް ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން އދގެ ކާބޯތަކެއްޗާއި ބެހޭ ޖަމުއިއްޔާ، އެފްއޭއޯގެ ޑިރެކްޓަރ ޖެނެެރަލާވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު